28 Jun 2015, 17:56
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، އެންވަޔަރަންމެންޓް މިނިސްޓްރީ ހިންގެވުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ހަވާލު ކުރައްވައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވަނީ މިނިސްޓަރު މިއްޒާ އެންވަޔަރަންމެންޓް މިނިސްޓްރީ ހިންގެވުން ހަވާލު ކުރައްވާފައި ވަނީ އެންވަޔަރަންމެންޓް މިނިސްޓަރު ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ކަމަށެވެ.
Minister@MMuizzuhas been handed over the responsibilities of@EnvGovMvuntil Minister Thoriq Ibrahim returns back from abroad.
— housing.gov.mv (@HousingGovMv)June 27, 2015
އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތީ ކްލައިމެޓް ޗޭންޖާ ބައްދަލުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.