ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަން (ސީއައިސީ)ގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޖިހާދާ އަނީސް އަށް ޕުރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ޕުރޮސިކިއުޓާ ޖެނެރަލްގެ މަގާމު ދެއްވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ އޭނާ އެސިސްޓެންޓް ޕީޖީ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

ސީއައިސީގެ ނައިބު ރައީސް ކަމުން ޖިހާދާ އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ހަފުތާގެ 22 ވަނަ ދުވަހު އެވެ.

ޖިހާދާ އަކީ މީގެ ކުރިން ވެސް ޕުރޮސިކިއުޓާ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އަކީ ޑރ. އަފުރާޝީމުގެ މަރުގެ މައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އަދި އެނޫން ވެސް ބައެއް މަރުގެ މައްސަލަތަކާއި ޖިނާއީ އެކި ބޮޑެތި މައްސަލަތަކުގައި އޭނާ ވަނީ ވަކާލާތު ކޮށްފަ އެވެ.