28 Jun 2015, 13:49
ބޭނުންވާތަކެތި
- 2 ޖޯޑު ބަތް (ބަސްމަތީ ހަނޑުލުގެ)
- 2 ފޮތި އަލަނާސި ކުދިކޮށް ކޮށާފައި
- 1/2 ޖޯޑު ގްރީން ބީންސް (ތުނިކޮށްކޮށާފައި)
- ކުލަ ހިފާވަރަށް ރީނދޫކޮޅެއް
- 1 ސައިސަމުސާ އިނގުރު ލޮނުމެދު (ޗިސްކޮށްފައި ހުރި)
- 1/2 ޖޯޑު ކެރެޓް (ގާނާފައި ހުރި)
- 1/2 ޖޯޑު ހުުންނަހާ ހިމުންކޮށް ކޮށާފައި ހުރި ކެބެޖްް
- 1/2 ސައިސަމުސާ އަޖިނަމޮޓޯ
- 1/2 ޖޯޑު ޓޫނާ
- 2 ހިކަނދިފަތް
- 1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
- 1 ސައިސައމުސާ ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)
- 1/2 މޭޒުމަތީ ސަމުސާ ހުންނަހާ ގިތެޔޮ މިރުސް ހިމުންކޮށް ކޮށާފައި ހުރި
- 1 ފިޔާ (ހިމުންކޮށް ކޮށާފައި)
- ލޮނުކޮޅެއް
- ތެޔޮފޮދެއް
ތައްޔާރުކުރާނެގޮތް
ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ، ހިކަނދިފަތް ކެބެޖު ކެރެޓް، ބީންސް މިރުސް އެއްކޮށް އަޅާފައި މަޑު ގިނީގައި ދޭފަތުން ހަލަމުންދާށެވެ. ފިޔާކޮޅު މޯޅިވީމާ ބަތްކޮޅު ފިޔަވައި ބާކީހުރި ހުރިހާ ބާވަތް އެއްކޮށް އަޅާފައި ރޯފިލުމުން ބަތްކޮޅު އެއްކޮށްފައި ރަހަ ހިފުމުން އުނދުން މަތިން ބާލާށެވެ.