ޒުވާނުންނަށް ފައިދާކުރާނެ ކޮންމެ ކަމެއްގައި ސަރުކާރުން ބައިވެރިވެ، އެކަމެއް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

'ބްރިޖް މައްޗަށް ވޯމްއަޕެއް' މިނަމުގައި ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ސައިކަލް ބުރުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ، ޒުވާނުން ކުރާ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށާއި ސަރުކާރު އަބަދުވެސް އޮންނާނީ ޒުވާނުންގެ ފަހަތުގައި ކަމަށެވެ.

'ބްރިޖް މައްޗަށް ވޯމްއަޕެއް' މިނަމުގައި ޒުވާނުން ތަކެއް އިސްނަގައިގެން ބޭއްވި ސައިކަލް ބުރުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ޒުވާނުން ސައިކަލް ބުރެއް ބޭއްވިޔަސް އަޅުގަނޑުމެން އުޅޭނަން. ޒުވާނުން ތަރާވީހެއް ބޭއްވިޔަސް އަޅުގަނޑުމެން އެކަމުގައި އުޅޭނަން،" މިނިސްޓަަރު އަދީބު ވިދާޅުވި އެވެ.

މިހަރަކާތުގައި މިނިސްޓަރު އަދީބުގެ އިތުރުން އެހެން ބައެއް ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

'ބްރިޖް މައްޗަށް ވޯމްއަޕެއް' މިނަމުގައި ޒުވާނުން ތަކެއް އިސްނަގައިގެން ބޭއްވި ސައިކަލް ބުރުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ނައިބުރައީސް ޑރ. މުހައްމަދު ޖަމީލުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގައި އާ ނައިބުރައީސްއަކަށް އަދީބު ގެނައުމަށް ޕީޕީއެމްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕް ލީޑަރު އަހްމަދު ނިހާން ޙުސައިން މަނިކު ވަނީ ރޭ އެފަދަ އިޝާރާތެއް ބައެއް މީޑިއާތަކަށް ދެއްވާފައެވެ.