ޗެލްސީގައި 11 އަހަރު ހޭދަ ކުރުމަށް ފަހު އެޓީމްގެ ކުރީގެ އެއް ނަންބަރު ކީޕަރު ޕީޓާ ޗެކް ވާދަވެރި އާސެނަލްއަށް ބަދަލުވެއްޖެ އެވެ.

ޗެކް ރިޕަބްލިކްގެ ގައުމީ ޓީމްގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި ހުރި އުމުރުން 33 އަހަރުގެ ޗެކް އާސެނަލްއަށް ބަދަލުވީ 11 މިލިއަން ޕައުންޑަށެވެ.

ޗެލްސީގައި ހޭދަކުރި 11 އަހަރު ތެރޭގައި އޭނާ ވަނީ 13 މުބާރާތެއް އެޓީމަށް ކާމިޔާބުކޮށް ދިނުމުގައި އެހީތެރި ވެދީފަ އެވެ.

ޗެލްސީގައި ހޭދަކުރި ކެރިއާގައި އޭނާ ވަނީ 300 މެޗްގައި ސެލްސީއަށް ކުޅެފަ އެވެ.

މިދިޔަ ސީޒަންގައި ޗެކް ސެލްސީގައި ކުޅުނީ އެންމެ 16 މެޗެވެ.

ޗެލްސީގެ މިހާރުގެ އެއް ނަންބަރު ކީޕަރު ބެލްޖިއަމްގެ ތައިބަޓް ކޯޓްއާ އެތުލެޓިކޯ މެޑްރިޑްގައި ލޯން އެއްބަސްވުމުގެ ދަށުން އެއްސީޒަން ހޭދަކުރުމަށް ފަހު އެނބުރި ޗެލްސީއަށް ގެނައުމަށް ފަހު ޗެކްގެ މަގާމު ވަނީ ގެއްލިފަ އެވެ.

އާސެނަލްގެ މެޑިކަލް ޓެސްޓްތައް ހެދުމަށްޓަކައި ޗެކް ވަނީ އިއްޔަ ގޮސްފަ އެވެ.

ޓްރާންސްފަ ޕިރިއަޑްގައި އާސެނަލްއާ ގުޅޭނެ ފުރަތަމަ ކުޅުންތެރިޔާއަށް ޗެކް ވެގެންދާއިރު އާސެނަލްގެ ކޯޗް އާސެން ވެންގާ ޗެލްސީގެ ދެ ޑީޕަޓުމެންޓަކަށް އަމާޒުކޮށްގެން ޓީމް ވަރުގަދަ ކުރުމަށް ވަނީ ޕްލޭން ހަދާފަ އެވެ. އެއީ ގޯލް ކީޕިންއާއި ޑިފެންސިވް މީޑްފީލްޑެވެ. ޗެކް އައުމާ އެކު ގޯލްކީޕިން ޑިޕާޓްމެންޓް ވަނީ ހައްލުވެފަ އެވެ.

ޑިފެންސިވް މިޑްފީލްޑަށް ވެންގާ ގެންނަން ބޭނުންވާ ދެ ކުޅުންތެރިންނަކީ ސައުތު ހެމްޓަންއަށް ކުޅެމުންގެންދާ ފްރާންސްގެ ގައުމީ ޓީމްގެ މިޑްފީލްޑާ މޯގަން ސްނައިޑްލިންގ ސެވިއްޔާއަށް ކުޅެމުން ގެންދާ ކޮލަމްބިއާގެ ކާލޯސް ބާކާ އެވެ.