މައިލޯ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި ވިކްޓްރީގެ މައްޗަށް ވާދަވެރި ވެލެންސިއާ އިން 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅު ވެއްޖެ އެވެ.

ކުޅިވަރު އެކުވެނީގެ މައިލޯ ޓާފު ދަނޑުގައި އިއްޔަ ހަވީރު ކުޅުނު މެޗްގައި ގިނަ ދުވަސްތަކެއް ވަންދެން ވިކްޓްރީއަށް ކުޅުނު އިސްމާޢީލް އަނިލް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފަ އެވެ.

މެޗްގައި ވެލެންސިއާ ފުރަތަމަ ލަނޑު ޖަހައިދިނީ އެޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު މައުސޫމް ޢަބްދުލް ޣަފޫރު (މާސޭ) އެވެ.

ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މުހުތާރު ނަޞީރު (ޓޫ ކިލޯ) އެވެ. ތިން ވަނަ ލަނޑު ވެލެންސިއާއި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަދި ގައުމީ ޓީމްގެ މިހާރުގެ އެސިސްޓެންޓް ކޯޗް އައްސަދު ޢަބްދުލް ޣަނީ ކާމިޔާބު ކުރި އިރު އަނެެއް ތިން ލަނޑު ޖެހީ އަނިލް އެވެ.

މުބާރަތުގެ ފުރަތަމަ މެޗްގައި މާލޭ ވެޓެރަންސްގެ މައްޗަށް ބީޖީ ސްޕޯޓްސް ކާމިޔާބު ހޯދީ 5-1 ގެ ނަތީޖާއަކުންނެވެ.