03 Mar 2011, 18:40
މާލޭ ކުޑަކުދިންގެ ބަގީޗާގައި ފެންއަރުވާ ވަޑާމެއް ހުޅުވައިފި އެވެ.
ގައުމީ ދިފާއީ ބާރުން ބަލަހައްޓާ ކުޑަކުދިންގެ ބަގީޗާގައި ހެދި ފެންއަރުވާ ވަޑާން މިއަދު އިފުތިތާހު ކުރީ އަހުމަދިއްޔާ ސްކޫލްގެ ޕްރިސްކޫލްގެ ދަރިވަރުންތަކެވެ.
ވަރަށް ގިނަ އަދަދެއް ކުޑަކުދިންނާ ބެލެނެވެރިންނާއެކު ކުޑަކުދިންގެ ބަގީޗާގެ ފެންއަރުވާ ވަޑާން މިއަދު ހުޅުވިއިރު ބަގީޗާގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ވަނީ ބާއްވާފަ އެވެ. އެގޮތުން ޕްރިސްކޫލް ދަރިވަރުންގެ ނެށުމާއި ފޭސް ޕެއިންޓް ކުރުމާއި ކުޑަކުދިންނަށް ރީތި އަދަބުތައް ދަސްކޮށް ދިނުމާއި ފޮޓޯ ނެގުމާއި ޕެޓްޝޯއެއް އޮތެވެ.
މީގެ އިތުރުން ވަރަށް ގިނަ ކާޓޫނު ކެރެކްޓާސް އާއެކު ކެންޓީންގެ ހިދުމަތް ވެސް ދިނެވެ.