27 Jun 2015, 02:13
"ބޮޑު ކަންނެލި ރޭ"ގެ ނަމުގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިރޭ ކަންނެލީގެ އާ އުފެންދުންތަކެއް ދައްކާލައިފި އެވެ.
އެ ގޮތުން އާ ތިން ބާވަތެއް ވަނީ މިރޭ ވަނީ ތައާރަފުކޮށްފަ އެެވެ. މިފްކޯ ފިހާރައިގައި މިރޭ ބޭއްވި ޕްރޮމޯޝަނުގައި އެ ކުންފުނީގެ ސީނިއާ މާކެޓިން އެގްޒެކްޓިވް މިފުރާހް ނަސީމް ވިދާޅުވީ އެ އުފެންދުންތަކަކީ ވަރަށް ރަހަ މީރު އުފެންދުންތައް ކަަމަށެވެ.
މިފްކޯ އިން އަލަށް ނެރުނު ކަންނެލި ޕްރޮޑެކްޓްސްތައް -- ސަން ފޮޓޯ: އަލީ ނަސީރު
"ބަލާފައި މިހިރީ އާއްކޮށް ދިވެހިން ބޮޑު ކަންނެލި ބޭނުންކޮށްފަ އުކާލާ ބާވަތްތައް އަޅުގަނޑުމެން ނަގާފައި މިހިރީ،" އެ ބާވަތްތައް ދައްކާލަމުން މިފްރާހު ވިދާޅުވިއެވެ.
މިރޭ ނެރެފައިވާ ޕްރޮޑެކްޓްސް ތަކަކީ ޓޫނާ ބެލީ ސްކިން، ޓޫނާގެ ކިއުބްސް އަދި ކަންނެލީގެ އަރިކަށި މަސްގަނޑު ކަމަށް މިފުރާހް ވިދާޅުވިއެވެ.
މި ތަކެތި ބާބެކިއުއަށް ފަދަކަންތައްތަކަށް ގިނައިން ބޭނުންވާ ފަރާތްތަކަށް ކުރިން އޯޑަރު ދިނުމުން އޯޑަރަށް އެތަކެތި ލިބޭނެ ކަމަަށް މިފުރާހު ވިދާޅުވި އެވެ.
މިފްކޯގެ ސީނިއާ މާކެޓިން އެގްޒެކްޓިވް މިފުރާހް ނަސީމް ޕްރޮޑެކްޓްތައް ދައްކާލަނީ -- ސަން ފޮޓޯ: އަލީ ނަސީރު
މިފްކޯގެ ހެޑް ޝެފް އަބްދުލް ހާފިޒް ނަހީޒް ވިދާޅުވީ މި ޕްރޮޑެކްޓްސް ހުންނާނީ ކަސްޓަމަރުންނަށް ބޭނުންކޮށްލަށް ވަރަށް ފަސޭހަ އަދި ކުޑަ ވަގުތުކޮޅަކުން ތައްޔާރުކޮށްލެވޭ ގޮތަށް ކަމަށެވެ.
މިފްކޯ ފިހާރައިގައި ވަނީ އަލަށް ނެރުނު ބާވަތްތަކުގެ ރަހަ މިރޭ އެ ފިހާރައަށް އައި ކަސްޓަމަރުންނަށް ވަނީ ދައްކާލަފައެވެ. މި ބާވަތްތަކުގެ ރަހަ ވަރަށް މީރު ކަމަށް މިރޭ ރަހަ ބެލި ކަސްޓަމަރުން ބުންޏެވެ.
މިފްކޯގެ ހެޑް ޝެފް އަބްދުލް ހާފިޒް ނަހީޒް އަލަށް ނެރުނު ޕްރޮޑެކްޓެކްޓް ތައްޔާރުކުރަނީ -- ސަން ފޮޓޯ: އަލީ ނަސީރު