26 Jun 2015, 23:01
ސްކޫލް ނިންމާ ދަރިވަރުން ރިސޯޓް ވަޒީފާއަށް ތަމްރީން ކުރުމަށް "މައިނާ ހޮޓެލްސް ގްރޫޕް"ގެ ފަރާތުން ކުރިއަށް ގެންދާ "އެކްސްޕްލޯރާ" ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ބައިވެރިންނަށް ސެޓްފިކެޓް ދީދި އެވެ.
އެ ޕްރޮގްރާމްގެ ދަށުން އެއް އަހަރުގެ މުއްދަތަށް މައިނާ ހޮޓެލްސްގެ ގްރޫޕްގެ ރާއްޖޭގެ ރިސޯޓްތަކުގައި ކުރިއަށް ގެންދާ މި ޓްރޭނިންގް ޕްރޮގްރާމް ނިމުމުން އެ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެން ދެ އެވެ.

ޖެން ހޮޓެލްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު
މިދިޔަ އަހަރުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށާއި މިއަހަރުގެ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތައް އިނޮގްރޭޓް ކުރުމަށް މިއަދު ޖެން ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އަށް ކުއްޖަކަށް ސެޓްފިކެޓް 3 ލެވެލް ހާސިލްކޮށްފައިވެ އެވެ.
މި އަހަރުގެ ޕްރޮގްރާމްގައި 19 ކުދިން ތަމްރީންކުރުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން އަންނަންތަރާ މޯލްޑިވްސް އަށް 10 ކުދިން އަދި ނިޔާމަ މޯލްޑިވްސް އަށް ހަ ކުދިން އަދި ހުވަފެން ފުއްޓަށް ހަތަރު ކުދިން ވަނީ ނަގައިފަ އެވެ.

ޖެން ހޮޓެލްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު
މިއަހަރުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 26 އިން ފެށިގެން އަންނަ އަހަރުގެ ޖުލައި 26 ގެ ނިޔަލަށެވެ. އެ ޕްރޮގްރާމް ކުރިއަށްދާއިރު ކޮންމެ ކުއްޖަކަށް ވެސް މަހަކު 150 ޑޮލަރުގެ އެލަވަންސްއެއް ލިބެ އެވެ. ނަމަވެސް އެ ކުދިންނަށް އެ ފައިސާ ލިބެނީ ޕްރޮގްރާމް ނިމުމުންނެވެ.
މައިނާ ހޮޓެލްސް ގްރޫޕްގެ މުޅި ދުނިޔޭގައި 130 ހޮޓެސް އޮވެ އެވެ. މި ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ގެންދަނީ ނިޔާމަ މޯލްޑިވްސް އަނަންތަރާ މޯލްޑިވްސް އަދި ހުވަފެންފުށީގަ އެވެ.