ރޯދަ ވީއްލާ ގަޑީގައި އަނގަޔަށް މީރު ފޮނިކާއެއްޗެއް ހުރުމަކީ ކޮންމެ ގެއެއްގެވެސް މޭޒުމަތި ފަޅުފިލުވާލަން މުހިއްމު ކަމެކެވެ. އެގޮތުން މިފަހަރު ސަން ބަދިގޭގައި މި ތައްޔާރުކުރަނީ، ކާށި ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއެކު ހަދާލެވިދާނެ ކޭކެކެވެ.

ބޭނުންވާ ތަކެތި:

  • 170 ގްރާމް ފުށް
  • 6 މޭޒުމަތީ ސަމްސާ ބަޓަރު
  • 8 ސަމްސާ ކެސްޓާ ޝުގާ
  • 2 ސަމްސާ ކިރު
  • 2 ބިސް
  • 6 ސަމްސާ ކާށި ހުނި
  • 1 ސައިސަމްސާ ބޭކިން ޕައުޑަރު

ތައްޔާރުކުރާނޭ ގޮތް:

  • ބަޓަރާއި ހަކުރު ކްރީމްވަންދެން ރަނގަޅަށް ގިރާލާށެވެ. ފަހަރަކު ބިހެއް އޭގެތެރެއަށް ގިރަމުން އެއްކުރާށެވެ.
  • ކްރީމްގަނޑުގެ ތެރެއަށް ފުށް، ބޭކިން ޕައުޑަރު، ހުނި އަދި ކިރުފޮދު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
  • ތައްޔާރުކޮށްފައިވާ ކޭކު ފުށްގަނޑު ކޭކު އަޅަން ތައްޔާރުކޮށްފައިވާ ޓްރޭގެ ތެރެއަށް އަޅާލުމަށްފަހު، 150 ޑިގްރީ ސެލްސިސްގައި، ކޭކްގެ މައްޗަށް މުށިކުލަ އަރަންދެން ފިހެލާށެވެ.

-- މައުލޫމާތު (އިންޑިއަން ފުޑް ފޮރއެވަރ)