ދުނިޔޭގެ ރެކޯޑް ފީއަކަށް ރެއާލް މެދްރިޑަށް ބަދަލުވި ބްރެޒިލްގެ ކަކާ އެނބުރި އޭސީ މިލާނަށް ބަދަލުވެދާނެ ކަމަށް އޭނާގެ ބައްޕަ ބުނެފި އެވެ.

އޭނާ މިހެން ބުނީ އޭސީ މިލާނާ އެންމެ ވާދަވެރި އެއް ކުލަބު ކަމަށް ނަޕޯލީ އަތުން މޮޅުވި މެޗު ބަލަން މިލާނުގެ ދަނޑުގައި އިނުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

"ތިސުވާލު ކުރޭ އެޑްރިއާނޯ ގަލިއާނީއާ. (މިލާނުގެ ވައިސް ޕްރެޒިޑެންޓް) ފުރުސަތު އެބައޮތް މިލާނަށް ބަދަލުވުމުގެ ވެސް،" ކަކާގެ ބައްޕަ ބުންޏެވެ.

މިލާނުގައި މޮޅަށް ނުކުޅެވި މާޔޫސްވެފައިވާ ކަކާ ހޯދުމަށް މިލާނުގެ ވާދަވެރި އިންޓަމިލާނާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީ ވެސް އޮތީ ތައްޔާރަށެވެ.

ނަމަވެސް ޗެލްސީގެ ޑިޑިއޭ ޑޮރޮގްބާގެ ބަދަލުގައި ކަކާ ޗެލްސީ އަށް ގެންދަން އުޅޭ ވާހަކަ ޗެލްސީގެ ކޯޗު ކާލޯ އެންޗެލޮއްޓީ ދޮގު ކުރެ އެވެ.