26 Jun 2015, 15:30
ވޭތުވެދިޔަ އަށެއްކަ ދުވަހު އަޅުގަނޑުމެން މުޅިންވެސް ގެނެސްދީފައިވާނީ، ބޭރު ނަންތައް ކިޔެއް ކަމަކު ޖުވޭގެ ދިވެހި ރަހަތަކާއެކު ހެޔޮވަރުކޮށްފައިވާ ރެސިޕީތަކެވެ. މިފަހަރު ރެސިޕީ ބަދަލުކޮށްލަމާ ހިނގާށެވެ.
ސަން ބަދިގޭގައި މިއަދު ކައްކަން މިއުޅެނީ، އަޅުގަނޑުމެން އެންމެންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު ކާނާގެ ބާވަތެއް ކަމަށްވާ ނޫޑްލުސްއެވެ. އެކަމަކު މިފަހަރު މި ނޫޑްލުސް ތައްޔާރުކުރާނީ، ބިދޭސީ ރަހަތަކާއެކު އެކުއެވެ. ދުރެއް ނޫނެވެ. އަވަށްޓެރި އިންޑިއާގެ ކެފޭ ރެސްޓޯރެންޓްތަކުގެ މޭޒުތަކަށް ވެސް ބާރު ބޮޑުކުރަމުންދާ "މަސާލާ ނޫޑްލުސް" އެވެ.
މަސާލާ ނޫޑްލްސް ހެދުމަށް ބޭނުންވާ ތަކެތި
1 ޕެކެޓް ނޫޑްލްސް
- ހެޔޮވަރުގެ 2 ފިޔާ (ތުނިކޮށް ކޮށާފައި)
- 4 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
- ހަތަރު ވަރަކަށް މޭޒުމަތީ ސަމްސާގެ ކޮތަނބިރި (ކޮރިއެންޑާ) ފަތް (ކުދިކޮށް ކޮށާފައި)
- ބައި އިންޗި ހުންނަވަރުގެ އިނގުރުކޮޅެއް (ގާނާފައި)
- 3 ލޮނުމެދު (ތުނިކޮށް ކޮށާފައި)
- 4 ފެހި މިރުން (ކުދިކޮށް ކޮށާފައި)
- 1/2 ސަމްސާ މުގުރި މިރުސް
- 1/2 ސަމްސާ ގަރަމް މަސާލާ
- 1 މޭޒުމަތީ ސަމްސާ ތެޔޮ
- ހިކަނދި ފަތާއި ރާނބާފަތް (ރާނބާފަތް 2 އިންޗީގެ 4 އެތިކޮޅު)
ތައްޔާރުކުރާނޭ ގޮތް
ޕެކެޓްގައި ވާ އިރުޝާދާއި އެއްގޮތަށް ނޫޑްލްސް ޕެކެޓް ކައްކާލާށެވެ. އެއަށްފަހު ފުރޭންޏަކުން ރަނގަޅަށް ފެންފުރާނާލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާށެވެ.
- ތަތްނުލަވާ ތަވައެއް އުނދުންމައްޗަށް އުދުމަށްފަހު ރަނގަޅަށް ހޫނުވުމުން އޭގެތެރެއަށް މުގުރި މިރުސް، ލޮނުމެދު، އިނގުރު، ފެހި މިރުސް، ފިޔާ ހިކަނދިފަތް އަދި ރާނބާފަތްކޮޅު އަޅާލުމަށްފަހު، ރަތްވަންދެން ހަނާކޮށްލާށެވެ.
- ތާވާގެ ތެރޭގައި ހުރި ބާވަތްތައް ރަނގަޅަށް ރަތްވުމުން ކޮށާފައި ހުރި ޓޮމާޓޯކޮޅާއި ގަރަމް މަސާލާ ކޮޅު އެއަށް އެއްކޮށްލާށެވެ. އަދި ކުޑަލޮނުކޮޅެއް އަޅާލައި ލޮނު ހެޔޮވަރުކޮށްލާށެވެ.
- ޓޮމާޓޯކޮޅު ރީތިކޮށް މަޑުވަންދެން ކައްކާށެވެ.
- ދެން ނޫޑްލްސް ކޮޅު އޭގެ ތެރެއަށް އެއްކުރުމަށްފަހު ރަނގަޅަށް އެކުވަންދެން ހަލާށެވެ.
- ތައްޔާރުކުރެވުނު މަސާލާގަނޑުގެ ތެރޭގައި ނޫޑްލުސްކޮޅު ކުޑައިރުކޮޅެއް ވަންދެން ކައްކާލުމަށްފަހު، އުނދުން މަތިން ތަވާ ބާލާށެވެ. ހޫނުކޮށް ހުއްޓައި ފަރިއްކުޅުއްވަން ވާނެއެވެ.
-- މައުލޫމާތު (އިންޑިއަން ފުޑް ފޮރއެވަރ)