ކްރިކެޓް ބޯޑުން ރަމަޟާން މަހު ކުރިއަށް ގެންދާ ކޯސްޓް ރަމްޟާން ކާނިވަލްގެ އޯޕަން މުބަރާތުގެ ސެމީފައިނަލަަށް ކިޗަން ކުއީން، ސޯފާޒު، ވަން އޮން ވަން އަދި ހައިޑީސް ދަތުރުކޮށްފިއެވެ.

ކިޗަންކުއީން ސެމީއަށް ދަތުރު ކުރީ އޯލް އެޗް މޯލްޑިވްސްގެ މައްޗަށް ހަ ވިކެޓުން ކާމިޔާބު ހޯދައިގެންނެވެ.

ފުރަތަމަ ސެމީގައި ކިޗަން ކުއީން ނިކުންނާނީ ސޯފާޒުއާ ދެކޮަޅަށެވެ. ސޯފަޒު ސެމީއަށް ދިޔައީ އީ ކޮންސެޕްޓާއި ވާދަކޮށް 88 ލަނޑުން ކާމިޔާބު ހޯދައިގެންނެވެ.

ދެ ވަނަ ސެމީ ފައިނަލްގައި ބައްދަލު ކުރާނީ ވަން އޮން ވަންއާ ހައިޑީސްއެވެ.

ވަން އޮން ވަން ސެމީއަށް ދަތުރު ކުރީ ރިވާސް ބާބަރ ކުރިކެޓާރސް ޓީމާ ވާދަކޮށް 54 ލަނޑުން ކާމިޔާބު ހޯދައިގެންނެވެ.

ހައިޑީސް ސެމީއަށް ދަތުރު ކުރީ ސީބީއެލް ސްޕޯޓްސްއާ ވާދަކޮށް ނުވަ ލަނޑުން ކާމިޔާބު ހޯދައިގެންނެވެ.

އިއްޔެ ސީބީއެލްއާ ހައިޑީސް ބައްދަލު ކުރި މެޗް ބައްލަވައިލެއްވުމަށް ރައީސްލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަޑައިގަތުން - ފޮޓޯ/ ކުރިކެޓް ބޯޑް މޯލްޑިވްސް

އިއްޔެ ސީބީއެލްއާ ހައިޑީސް ކުޅުނު މެޗް ބައްލަވައިލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވަޑައިގެންފައެވެ. އަދި މެޗް ނިމުމުން ދެޓީމުގެ ކުޅުންތެރިންނާ ރައީސް ޔާމީން ވަނީ ސަލާމް ކުރައްވާފައެވެ.

އިއްޔެ ސީބީއެލްއާ ހައިޑީސް ބައްދަލު ކުރި މެޗް ބައްލަވައިލެއްވުމަށް ރައީސް ޔާމީން ކުޅުންތެރިންނާއެކު ފޮޓޯ އަކަށް ހުއްޓި ލައިގެން --- ފޮޓޯ/ ކުރިކެޓް ބޯޑް މޯލްޑިވްސް

އިއްޔެ ކްރިކެޓް ކާނިވަލްގެ އޮފީިސްތަކުގެ މުބާރާތުގެ ގުރު ވަނީ ނަގާފައެވެ.

މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. އެދުވަހު ކުޅޭ މެޗްތަކުގައި ބައްދަލު ކުރާނީ އެޑިއުކޭސަންއާއި އިމިގުރޭޝަން ދެވަނަ މެޗް ކަސްޓަމްސްއާއި ރައީސް އޮފީސްއެވެ.