ބޭނުންވާތަކެތި

  • 2 ގަނޑު ހަރުހިކިމަސް ( ތުނިކޮށް ކޮށާފައިހުރި)

  • 3 ފިޔާ ( ކޮށާފައި)
  • 1 މޭޒުމަތީ ސަމުސާ ހިކިމިރުސް ( ރާޅުކޮށް ތަޅާފައިހުރި)
  • 1 ދަޅު ޓޮމާޓޯ ޕޭސްޓް
  • 3 ފެހިތޮޅި މިރުސް ( ފަޅިފަޅިކޮށްފައި)
  • 1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
  • 2 ޓޮމާޓޯ ( ކޮށާފައި)
  • 1 ސައިސަމުސާ މަސްޓަރޑް ކްރީމް
  • ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ މިރުސްކޮޅާއި، ފިޔާ އެއްކޮށް އަޅާލުމަށްފަހު ފިޔާކޮޅު މޯޅިވީމާ ހުރިހާބާވަތް ތައް އެއްކޮށްފައި މަޑުގިނީގައި ދޭފަތުންހަލަމުން ރޯފިލުވާށެވެ.