23 Jun 2015, 11:44
ބޭނުންވާތަކެތި
- 2 ޕެކެޓް ނޫޑްލްސް
- 1 ބޮޑު ފިޔާ (ވަރަށް ހިމުންކޮށް ކޮށާފައި)
- 4 ހިކިމިރުސް (ބުރި ބުރިކޮށްފައި)
- 3/1 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ކުކުޅުމަސް
- 3/1 ކުދިކޮށް ކޮށާފައި ހުރި ގެރި މަސް (ފެނުކައްކާފައި ހުރި)
- 3/1 ޖޯޑު ޕްރޯންސް (ފެނުކައްކާފައި ހުރި)
- 1 ސައި ސަމުސާ ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި ހުރި)
- 2 ސައި ސަމުސާ ހުންނަހާ ލޮނުމެދު އިނގުރު (ޗިސްކޮށްފައި ހުރި)
- 2/1 ސައި ސަމުސާ އަޖިނަމޮޓޯ
- 2/1 ސައި ސަމުސާ މުގުރި އަސޭމިރުސް
- 2/1 ޖޯޑު ކެބެޖު (ކޮށާފައި ހުރި)
- 2/1 ޖޯޑު ކެރެޓް (ގާނާފައި ހުރި)
- 2/1 ޖޯޑު ލީކްސް (ތުނިކޮށް ކޮށާފައި ހުރި)
- 2 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
- 1 މޭޒުމަތީ ސަމުސާ ސޯޔާސޯސް
- ކުޑަ ލޮނުކޮޅެއް
- ތެޔޮފޮދެއް
ތައްޔާރުކުރާނެގޮތް
ތަވާ އުނދުންމައްޗަށް އުދާލުަމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ތަވާ ދޮންވީމާ ތެޔޮފޮދު އަޅާލާފައި ހޫނުވީމާ ފިޔާ، ކެބެޖް، ކެރެޓް، ލީކްސް، މިރުސް އަޅާފައި މޯޅިވަންދެން ދޭފަތުން ހަލަމުން ދާށެވެ.
ދެން ނޫޑްލްސް ފިޔަވައި ބާކީ ހުރި ހުރިހާ ބާވަތެއް ފަހަރަކު ބާވަތެއް އަޅަމުން (މަޑުގިނީގައި) ގޮސް ކުޑަކޮށް ހަނާވީމާ ނޫޑްލްސް އަޅާފައި ރަހަ ހިފާވަރުވުމުން އުނދުން މަތިން ބާލާފައި ތަށްޓަށް ނޫޑްލްސް އަޅާފައި މަތީގައި ބިސްގަނޑެއް ބާއްވާފައި ސާރވް ކުރާށެވެ.