23 Jun 2015, 00:07
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުން ވަޒީފާ އަދާކުރުމުގެ ތެރެއިން އަމިއްލަ ސަލާމަތަށް ނުރައްކާވާތީ ސެލްފް ޑިފެންސް އުނގަންނައި ދިނުމަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.
މީރާގެ ޑެޕިއުޓީ ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ އެ ޕުރޮގުރާމަކީ މީރާގެ މުވައްޒަފުން މަސައްކަތުގެ ޒިންމާތައް އަދާކުރުމުގައި ބައެއް ފަހަރަށް އަމިއްލަ ސަލާމަތަށް ނުރައްކާވާފަދަ ހާލަތްތައް ދިމާވަމުން އަންނާތީ އެފަދަ ނުރައްކަލަކުން އަމިއްލަ ނަފުސު ދިފާއުކުރުމުގެ ހުނަރު އުނގަންނައިދިނުމަށް ބާއްވާ ޕުރޮގުރާމެއް ކަމަށެވެ.
"މަގުސަދަކީ މީގެ ސަބަބުން އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުވެ މަސައްކަތުގެ މާހައުލުގައްޔާއި އަމިއްލަ ދިރިއުޅުމުގައި ވެސް ކަންކަމާ ކެރިގެން ކުރިމަތިލުމުގެ ރޫހު އަށަގެންނެވުން،" ޒަރީރު ވިދާޅުވި އެވެ.
މީރާގެ މުވައްޒިފުންގެ ތެރެއިން 143 މީހުންނާއެކު ފެށި އެ ޕްރޮގްރާމް ހިންގަނީ ފުލުހުންގެ ޓްރޭނިން އިންސްޓިޓިއުޓުންނެވެ. އެ ތަމްރީނު ކުރިއަށް ގެންދަނީ 10 ރެއަށެވެ.