22 Jun 2015, 21:34
ޓޫރިޒަމް ދާއިރާއަށް ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓުރީން ގުޅިގެން ކުރިއަށް ގެންދާ ސްޓެޕް އެޕްރެންޓިސްޝިޕްގެ ތިން ވަނަ ޕްރޮގުރާމުގައިބައިވެރިވުމަށްފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 22ގެ ނިޔަލަށެވެ. އެ ޕުރޮގުރާމް ފެށުމަށް ނިންމާފައި ވަނީ އަންނަ ސެޕްޓެންބަރު މަހު އެވެ.
އެ ޕުރޮގުރާމުގައި ބައިވެރިވުމުގެ ޝަރުތަކީ ގުރޭޑް ހަތެއް ފުރިހަމަ ކޮށްފައިވުމާއި އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގުމެވެ. އެ ޕްރޮގުރާމުގެ ދިގު މިނަކީ އެއް އަހަރެވެ.
އެ ޕްރޮގުރާމުގެ ދަށުން މީގެ ކުރިން ވެސް ވަނީ ޒުވާނުންތަކެއް ޓޫރިޒަމް ދާއިރާއަށް ތަމްރީނުކޮށް ވަޒީފާ ހޯދައިދީފަ އެވެ.
ސްޓެޕް ޕްރޮގްރާމަކީ ޒުވާނުން ރިސޯޓްތަކަށް ގެންގޮސް ތަމްރީން ކުރުމަށް ފަހު އެ ތަންތަނުން ވަޒީފާ ދޭ ގޮތަށް ރާވާފައިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި 10 ރިސޯޓަކުން ބައިވެރިވެ އެވެ.