03 Mar 2011, 11:16
އިނގިރޭސި ލީގުގެ ތާވަލުގެ ކުރީގައިވާ ދެ ޓީމު ކަމަށްވާ އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އެފްއޭކަޕް ކުއާޓާ ފައިނަލުގައި ވާދަ ކުރަން ޖެހިއްޖެ އެވެ.
މި ދެ ޓީމު ވާދަ ކުރަން ޖެހުނީ ރޭ ލޭޓަން އޮރިއެންޓް އަތުން 5-0 އިން އާސެނަލް މޮޅުވުމުންނެވެ. މި މެޗުގައި އާސެނަލްގެ ލަނޑުތައް ޖަހައިދިނީ ޗަމަކާ އާއި ނިކޮލަސް ބެންޓްނާ އަދި ކްލީޗީ އެވެ. މީގެ ތެރެއިން ބެންޓްނާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އަނެއް ޓީމަކީ މެންޗެސްޓާ ސިޓީ އެވެ. މާރިއޯ ބަލެޓޮއްލީ އާއި ޑޭވިޑް ސިލްވާ އަދި ޔާޔާޓޯރޭގެ ލަނޑުތަކުން ސިޓީ މޮޅުވީ އެސްޓަންވިލާ އަތުން 3-0 އިންނެވެ. ކުއާޓާ ފައިނަލުގައި ސިޓީ ވާދަ ކުރާނީ ރީޑިންއާ އެވެ. މި މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ އެއް ދުވަސް ކުރިން ކުޅޭނީ އާސެނަލް އާއި މެންޗެސްޓާގެ މެޗެވެ.