22 Jun 2015, 14:33
ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުކުރަން ޖެހޭ ހައި ކޯޓުގެ ދެ ގޮފީގެ ތެރެއިން، ދެކުނު ގޮތްޕަށް ހައި ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އައްބާސް ޝަރީފާއި އަޒްމިރަލްދާ ޒާހިރު ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ގަރާރެއްގައި ވަނީ ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައި އެއް ވަނަ އިސްލާހުގައިވާ ގޮތުން، ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުކުރަން ޖެހޭ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއްކަމަށެވެ.
އެ ތިން ފަނޑިޔާރުން ދެކުނު ގޮތްޕަށް ކަނޑައަޅަން ނިންމީ އިއްޔެ ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައިކޯޓުގެ ގޮތްޕެއް ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅައި އެސަރަހެއްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އެ ސަރަހައްދެއްގެ ހައިކޯޓު ގޮފީގައި އިސްތިއުނާފު ކުރާގޮތަށް ވަނީ ނިންމައިފަ އެވެ.