03 Mar 2011, 11:05
ސްޕެނިޝް ލީގުގައި ބާސެލޯނާ އަތުން 1-0 އިން ތިން ވަނާގައިވާ ވެލެންސިއާ ބަލިވުމުން އެ ޓީމު ކޯޗު ބާސެލޯނާ އަށް ތައުރީފު ކޮށްފި އެވެ.
ކޯޗު އެމްރޭ ބުނީ ބުނީ ބަލިވުމުން ހިތްހަމަ ނުޖެހޭނެ ކަމަށާއި ނަމަވެސް އޭނާގެ ޓީމު ބަލިވީ ދުނިޔޭގެ އެންމެ މޮޅު ޓިމު އަތުންނެވެ.
އަނިޔާގެ ސަބަބުން ފުލް ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ދަނޑުބޭރުގައި ކުޅިބަލަން ތިބި މި މެޗުގައި ބާސެލޯނާ އަށް ގޯލު ޖަހައިދިނީ ލަޔޮނަލް މެސީ އެވެ. މިއީ އޭނާ ލީގުގައި ޖެހި 28 ވަނަ ގޯލެވެ.
އެމްރޭ ބުނީ އެއީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާގެ ޓީމަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން މެސީ އޭނާގެ ޖާދޫ ދައްކާލީ ކަމަށެވެ. ނަމަވެސް މެސީ ވަނީ މި މެޗުގައި ހުސް ފުރުސަތުތަކެއް ބޭކާރު ކޮށްލާފަ އެވެ.
މި މެޗުން މޮޅުވުމުން ބާސެލޯނާ އާއި ޓޭބަލުގެ ދެ ވަނާގައިވާ ރެއާލް މެޑްރިޑާ ދެމެދުވާ ފަރަގު ވަނީ 10 ޕޮއިންޓަށް ފުޅާވެފަ އެވެ. ބާސެލޯނާ އަށް މިހާރު ލިބިފައިވަނީ 71 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެގެން ރެއާލް ވަނީ 61 ޕޮއިންޓާއެކުގަ އެވެ.