22 Jun 2015, 13:34
ޔޯގާ އަަށް ލޯބި ކުރާ އެތައް ބަޔަކު ބަނޑިބަނޑި ލައްވައި އެކި އެކި ކަސްރަތުތައް ކުރުމަށް ފަހު، ދުނިޔޭގެ ޔޯގާ ދުވަސް އިއްޔެ ފާހަގަކޮށްފި އެވެ.
ދުނިޔޭގެ ޔޯގާ ދުވަސް މި މަހު 21 ވަނަ ދުވަހު ބައިނައަގުވާމީ ފެންވަރެއްގައި ފާހަގަ ކުރުމަށް އދ.ގައި މަޝްވަކޮށް އެ ދުވަސް ފާހަގަ ކުރުމަށް ވަކާލާތު ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އަދި އަމިއްލަ ކުނާ ހިއްޕަވައިގެން މޯދީ ވަނީ ދިއްލީގައި އާންމުންނާ އެކު އެއްވެ ޔޯގާ ހެއްދެވުމުގައި ބައިވެރިވެރިވެވަޑައިގެންފަ އެވެ. އެ މަނިކުފާނާ އެކު އިންޑިއާގެ ކެބިނެޓް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ދިހަ ހާސް ސްކޫލް ކުދިން، ސަރުކާރުގެ އޮފިޝަލުން، ސިފައިން ބައިވެރިވެ، ޔޯގާގެ ކަސްރަތުތައް ދިއްލީގައި ހެދި އެވެ. މޯދީގެ ރަށް ގުޖުރާތުގައި 30،000 އަށް ވުރެ ގިނަ މީހުން ޔޯގާ ކަސްރަތަތު ދުވަސް ފާހަގަ ކުރި ކަމަށް ރަސްމީ ފަރާތްތަކުން ބުންޏެވެ.
"އަހަރުން ހަމައެކަނި ސެލެބްރޭޓް ކުރަނީ އެކަންޏެއް ނޫން. އަހަރުން މީހުން މި ތަމްރީން ކުރަނީ، ސުލްހަ އާއި ހަމަހިމޭން ކަމަށް،" މޯދީ ވިދާޅުވި އެވެ. " މި ޕްރޮގްރާމްގެ ފައިދާ އިންސާނީ ދަރިފަސްކޮޅަށާއި އަދި އަވަދިނެތިއުޅުމުން ދުރުކޮށްދޭނެ."

އިންޑިއާގެ ބޮޑުވަޒީރު އެތައް ބަޔަކާ އެކު އިއްޔެ ޔޯގާ ދުވަސް ފާހަގަކުރައްވަނީ -- ސަން ފޮޓޯ/ އޭޕީ
ތައިޕޭގައި 2،000 މީހުން އެ މީހުންގެ މެޓްތައް ފަތުރައި 108 ވައްތަރުގެ ކަސްރަތުތައް ކުރި އެވެ.
"ޔޯގާ އިން ހަމަހިމޭންކަން އިހްސާސްކުރުމާއި އަމިއްލަ ސިކުނޑި، އަދި ހިތް މަސައްކަތް ކުރާ ގޮތް އިހްސާސް ކުރެވޭ، އަހަންނަން ހީވަނީ އެއީ ޒަމާނީ މުޖުތަމައު ބޭނުންވާ ކަމެއްހެން،" ޔޯގާ ތަމްރީން ހަދާ މީހަކު ބުންޏެވެ.
ވަރަށް ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ޔޯގާ ކަސްރަތަކީ ސިކުނޑިއާއި ހަށިގަނޑަށް ހަމަހިމޭންކަން ގެނައުމަށް އެންމެ މުހިންމު ކަސްރަތެވެ.
އިންޑިއާގެ އޮފިޝަލުން ވިދާޅުވީ ނިއުދިއްލީގައި ބޭއްވި ޔޯގާ ކަސްރަތުތަކުގައި އެކަނި ވެސް 35،000 މީހުން ބައިވެރިވި ކަމަށެވެ. އަދި އެއީ ގައިނެސް ރެކޯޑް ފޮތަށް އަރާވަރުގެ އިވެންޓެއް ކަމަށް ވެސް އެ އޮފިޝަލުން ވިދާޅުވި އެވެ.
މައުލޫމާތު: އޭޕީ