22 Jun 2015, 12:26
އެއިޑްސްގެ އިތުރުން ތަފާތު ނުރައްކާތެރި ބަލިތަކަކަށް ފަރުވާދޭ ހާއްސަ ބޭހެއް ގައުމުތަކާ ވަކިވެގަނެގެން އުޅޭ އުތުރު ކޮރެއާ އިން އުފައްދައިފި ކަމަށް އެ ގައުމުން ބުނެފި އެވެ.
އުތުރު ކޮރެއާ އިން ކުރި އިއުލާނެއްގައި ބުނާ ގޮތުގައި އެ ހާއްސަ ބޭހުން އެއިޑްސްގެ އިތުރުން އެބޯލާ އާއި ކެންސަރު އަދި މާސް ބައްޔަށް ފަރުވާ ލިބޭނެ ކަމަށް އިންޑިޕެންޑެންޓް ނިއުސް އިން ވަނީ ބުނެފަ އެވެ.
"މިރެކަލް ޑްރަގް" އެއްގެ ގޮތުގައި ނަން ދީފައިވާ އެ ބޭހަކީ ފާޓިލައިޒާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޖިންސެންގް އާއި އިތުރު މާއްދާތަކެއް ހިމެނޭ ބޭހެއް ކަމަށް އެ އިއުލާނުގައިވެ އެވެ. ނަމަވެސް އެތަކެތީގެ ކޮމްބިނޭޝަން އެއް އެ އިއުލާނަކު ބުނެފައެއް ނެތެވެ.
ގުޅައެއް ނުވަތަ އިންޖެކްޝަންއެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތައް ތައްޔާރުކޮށްފައިވާ އެ ބޭހުން ފަރުވާ ކުރެވޭނެ ކެންސަރުގެ ބާވަތްތަކެއް އެ އިއުލާނުގައި ބުނެފައި ނުވާ ކަމަށް އިންޑިޕެންޑެންޓް އިން ވަނީ ބުނެފަ އެވެ.
ކޮމިއުނިސްޓް އުތުރު ކޮރެއާ އިން އުފެއްދި ކަމަށް ދައުވާ ކުރާ ބޭހާ ބެހޭ ގޮތުން ސާބިތު ހެކި މިހާތަނަށް އެ ގައުމުން ދައްކާފައެއް ނުވެ އެވެ. ނުވަތަ އެ ބޭސް އާންމުންނަށް ބޭނުން ކުރަން ލިބޭނެ ތާރީހެއް ވެސް ކޮރެއާއިން ހާމައެއް ނުކުރެ އެވެ.