21 Jun 2015, 16:48
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާ ހަވާލުކުރައްވައިފި އެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ހޯމް މިނިސްޓްރީ ހިންގެވުން އަދީބާ ހަވާލުކުރައްވާފައި ވަނީ މިއަދު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، ހޯމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން އަދީބާ ހަވާލުކުރެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާތީ ކަމަށެވެ.
ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅަކަށް މިރޭ ހޯމް މިނިސްޓަރު އުމަރު ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.