21 Jun 2015, 12:46
އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން އަޅުކަން ކުރުމަށް މައްކާގެ މަސްޖިދުލް ހަރަމްގައި އިލެކްޓްރިކް ސްކޫޓަރު ބޭނުން ކުރަން ފަށައިފި އެވެ.
މައްކާގައި އެ ހިދުމަތް ތައާރަފުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ހިދުމަތް ތައާރަފުކޮށްދެއްވާފައި ވަނީ މައްކާގެ ދެ މިސްކިތުގެ އެފެއާޒްތަކާ ހަވާލުވެ ހުންނަވާ ޝެއިޚް އަބްދުލްރަހްމާން އަލް ސުދައިސް އެވެ.
ނަމާދު ކުރުމުގައި އުނދަގޫތައް ކުރިމަތިވާ ދުވަސްވީ މީހުންނާއި ނުކުޅެދުން ހުންނަ ފަރާތްތަތަކަށް ހާއްސަކޮށްގެން ބޭނުން ކުރަން ފަށާފައިވާ ސްކޫޓަރުގައި ހަތަރު ފުރޮޅު ހުންނަ އިރު އެއިން ކޮންމެ އެއްޗެއްގައި 250 ކިލޯ ހުންނާނެ އެވެ.
އެ ސްކޫޓަރުތައް ވަނީ ސައުދީ ސްޓެންޑާޑްތަކުންނާއި ކޮލިޓީ އެންޑް މެޓްރޯލޮޖީ އޯގަނައިޒޭޝަން އަދި ސައުދީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އެޕްރޫވް ކޮށްފަ އެވެ.