21 Jun 2015, 11:38
ޗައިނާ އާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބުރާހިމް މުއާޒު އަލީ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން އެނބުރި މާލެ ވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
Raeesuljumhooriyyaa miadhu hendhunu Male' vadaigenfi.
— Ibrahim Muaz Ali (@SpokespersonMV)June 21, 2015
ރައީސް ޔާމީން އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ޗައިނާ އަށެވެ. އެމަނިކުފާނު ޗައިނާ އަށް ވަޑައިގަތީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ރައީސް ޔާމީން ޗައިނާ އަށް ފުރާވަޑައިގަތީ އެގައުމުގައި ބޭއްވި ވިޔަފާރީގެ މައުރަޒެއް ކަމަށްވާ "23 ވަނަ ކުން މިން ފެއާ"ގައި ބައިވެރިވެވަޑައިގަތުމަ ށެވެ.
ޗައިނާ ދަތުރުފުޅަށް ފަހު އަމިއްލަފުޅު ބޭނުމަކަށް ރައީސް ޔާމީން ވަނީ ޗައިނާ އިން ސީދާ ޖަރުމަނަށް ވަޑައިގެންފަ އެވެ. އެހެންނަމަވެސް ޖަރުމަނަށް ރައީސް ޔާމީން ވަޑައިގަތީ ކޮން ބޭނުންފުޅަކު ކަމެއް އެނގިފައެއް ނުވެ އެވެ.