21 Jun 2015, 00:58
ލ. ގަމު ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ މަރުގެ މައްސަލާގައި އަންހެނަކާއި ފިރިހެނަކު އެ ރަށުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ ބިދޭސީ މީހާގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންނަކީ ދިވެހިން ކަމަށެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް އޮފިޝަލް ވިދާޅެއް ނުވި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ޒަހަމްތަކަކާއެކު މަރުވެފައި އޮތް ބަނގުލަދޭޝްގެ ފިރިހެން މީހާ ފެނުނީ ގަން ތުނޑީ އަވަށު ގެއެއްގެ ތެރެއިންނެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނުއިރު ބޮލުން ޒަހަމްތަކެއް ފެންނަން ހުއްޓެވެ.
އެ ބިދޭސީ މީހާ އަކީ މާލޭ މީހަކު އެ ރަށުގައި ހަދާފައި ހުންނަ ގެއެއް ބަލަހައްޓަން ހުންނަ މީހެކެވެ. އޭނާ އެގޭގައި އުޅެނީ އެކަންޏެވެ.