ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕްގެ އޮނިގަނޑު އިއްޔެ ފްރާންސްގެ ހުޅަނގު ކަނޑަށް ބާލައިފި އެވެ. އެ އުޅަނޑުގެ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މޭ މަހު އެވެ. އެއީ ޓެސްޓް ދަތުރުތައް ފެބްރުއަރީ މަހު ކުރުމަށް ފަހު އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފްރާންސްގައި ބަންނަން ފެށި "ހާމަނީ އޮފް ދަ ސީސް"ގެ މަސައްކަތް ނިމުމުން އޭގެ ބަރުދަނުގައި 226،000 ޓަނު ހުންނާނެ އެވެ. އުޅަނދުގެ ދިގުމިނުގައި 1187 ފޫޓް ހުންނަ އިރު މިއީ އީފިލް ޓަވަރަށް ވުރެ 50 މީޓަރު އަދަދަދެކެވެ.

އުޅަނދުގެ ފުޅާމިން މިހާރު ދުއްވާ އެންމެ ބޮޑު ދެ ކްރޫޒް ޝިޕް، "އެލިއުރާ އޮފް ދަ ސީސް" އާއި "އޮއެސިސް އޮފް ދަ ސީސް" ގެ ފުޅާމިނަށް ވުރެ ފުޅަލެވެ.

ހާމަނީ އޮފް ދަ ސީސް

ހާމަނީ އޮފް ދަ ސީސް ބަނުމުގެ މަސައްކަތުގައި 2500 މީހަކު ހަރަކާތްތެރިވެ އެވެ. އުޅަނދުގެ ފުރަތަމަ ރަސްމީ ދަތުރު ކުރާނީ އިނގިރޭސި ވިލާތުގެ ސަދަމްޓަމް އިން ސްޕެއިންގެ ބާސެލޯނާއަށެވެ. އެ އުޅަނދުގައި 6360 ފަސިންޖަރުންނާއި 2100 މުވައްޒަފުންނަށް ޖާގަ ހިމެނެ އެވެ.

މައުލޫމާތު: ދަ ސިޑްނީ މޯނިންގް ހެރަލްޑް