19 Jun 2015, 14:07
ރޯދަޔަށް ހާއްސަކޮށް 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލޭގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި އެވެ.
ހުޅުމާލޭ "ޗައިނާ ފުލެޓް" ސަރަހައްދުގައި ހުޅުވި އެ މިސްކިތް އިއްޔެ އަސުރު ނަމާފަށް ހުޅުއްވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
އެ މިސްކިތަކީ 1000 އަށްވުރެ ގިނަ މީހުން ޖާގައިގެ މިސްކިތެކެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނީ އެ މިސްކިތަކީ މިއަހަރު ރޯދައަށް ހާއްސަކޮށްގެން އެޅި ވަގުތީ މިސްކިތެކެވެ. ރޯދައަށް ފަހު އެ މިސްކިތް ރޫޅާލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ މިސްކިތާއެކު ހުޅުމާލޭގައި މިހާރު ފަސް މިސްކިތް ހުންނާނެ އެވެ.