ސަރުކާރުންދަނީ ދަރިވަރުންނަށް އެކިގޮތްގޮތުން އުނދަގޫކޮށް މުސްތަޤްބަލު ހަލާކުކޮށްލަން މަސައްކަތް ކުރަމުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

http://www.youtube.com/watch?v=UfpOTk5YMqM

ޤައުމީ ޔުނިވާސިޓީގެ ދަރިވަރުން،ެ ޕޮކެޓް މަނީ ހޯދަން ރައީސް އޮފީސް ކައިރިއަށް މިއަދު ދިއުމާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނަނީ ދަރިވަރުން މުޒާހަރާ ކުރީ އެމްޑީޕީގެ ސަރުކާރުން އެކުދީންގެ ޙައްޤުތައް ހިފަހައްޓައި މަތީ ތަޢުލީމު ޙާޞިލްކުރުމާއިގެން ކުރިއަށް ދިއުމަށް ދަތިކުރަމުންގެންދާތީ ކަމަށެވެ.

"... އިއްޔެއާއި ހަމަޔަށްވެސް އެޑިޔުކޭޝަން މިނިސްޓްރީންނާ ހިއުމަންރިސޯސް މިނިސްޓްރީންނާ އަދި ކޮލެޖްގެ ޗާންސެލާ ކަމުގައި ހުންނެވި ސިޔާސީ ބޭފުޅެއްކަމުގައިވާ ޑރ. މުޞްޠަފާ ލުޠުފީ ޔުނިވާސިޓީގެ ދަރިވަރުންނަށް އަންގަވަމުން ގެންދަވާފައިވަނީ ސަރުކާރުގެ ފަރާތުން ދަރިވަރުންގެ ތަޢުލީމަށްޓަކައި އެއްވެސް ޕޮކެޓްމަނީއެއް ނުވަތަ އެފަދަ އެނޫން ޢިނާޔަތެއްވެސް ދެއްވުމަކީ ގެންގުޅުއްވާ ސިޔާސަތެއް ނޫން ކަމަށް" ވެސް ބަޔާނުގައި ވެއެވެ.

ޖުމްހޫރީ ޕާޓީގެ ބަޔާން ބުނާ ގޮތުގައި މުޒާހަރާކުރި ބައެއް ދަރިވަރުންނާ
ރައީސް ނަޝީދު ބައްދަލުކުރައްވައި މިހާރުން މިހާރަށް ޕޮކެޓްމަނީއެއް ހަމަޖައްސަވައިދެވެން ނެތްކަމަށާ، ކެބިނެޓްގައި މަޝްވަރާކުރައްވުމަށް ފަހު ޖަވާބެއް ދެއްވާނެކަމަށް ވިދާޅުވުން ދޭހަކޮށްދެނީ ތަޢުލީމީ ޖީލެއް ޤައުމުގައި ބިނާކުރުމަށް މިހާރުގެ ސަރުކާރުގެ އެއްވެސް ޝައުގުވެރިކަމެއް ނެތުމެވެ.

އަދި ބުނެފައި ވަނީ މަތީ ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް ކުރިއްސުރެ ދެމުން އައި ޕޮކެޓްމަނީ ސަރުކާރުން ކަނޑާލައި، ދަރިވަރުން ޙާލުގައި ޖެއްސުމަށްފަހު، މަތީ ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް ލޯން ދޫކުރަން ފަށައިފިކަމަށް ބުނެ މަސައްކަތްކުރަމުން ދިޔައީ، ލޯން ބޭނުން ކޮންމެ ދަރިވަރަކުމެ ސަރުކާރު ހިންގާ އެމްޑީޕީގެ މެމްބަޝިޕް ފޯމްގައި ސޮއިކުރުވުމަށް ކަމަށާއި ލޯން ނެގި ގިނަދަރިވަރުން ކިޔެވުން ނިންމާލިއިރު ދަރަނިވެރިވެ ލޯން ދެއްކޭނެގޮތެއް ނެތި ޙާލުގައި ޖެހިފައިވާ ކަމަށެވެ.