މޯލްޑިވްސް ކްރިކެޓް ބޯޑުން ކޮންމެ ރަމަޟާން މަހަކު ބާއްވާ ރަމަޟާން ކްރިކެޓް ކާނިވާ އިއުލާންކޮށް ބީއެޗްއެމް ޓްރޭޑާސްއާއެކު ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަހަރުގެ ކަނިވާ ވެސް ސްޕޮންސަކޮށްފައިވަނީ ބީއެޗްއެމް ޓްރޭޑާސްއިން ރާއްޖެ އެތެކުރާ ކޯސްޓް ކިރު ބްރޭންޑްގެ ނަމުގައެވެ. ސްޕޮންސާޝިޕް އެއްބަސްވުމާއެކު ކާނިވާ ކުރިއަށްދާނީ 'ކޯސްޓް ރަމަޟާން ކުރިކެޓް ކާނިވަލް'ގެ ނަމުގައެވެ.

މިއަހަރުގެ ކާނިވަލްގައި ތިން މުބާރާތެއް ބޭއްވުމަށް ކްރިކެޓް ބޯޑުން ވަނީ ނިންމައިފައެވެ. އެއީ އޯޕަން ކްރިކެޓާއި ސަރުކާރު އޮފީސްތަކުގެ މުބާރާތާއި އަމިއްލަ ކުންފުނި ތަކުގެ މުބާރާތެވެ.

އޯޕަން މުބާރާތުގައި 12 ޓީމް ބައިވެރިވެފައިވާއިރު މިމުބާރާތުގެ ކުޅުން މާދަމާ ފެށުމަށް ވަނީ ހަމޖެހިފައެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކިޗަން ކުއީންއާއި ސަން ކުއިކް ލިލީ އެވެ. ދެ ވަނަ މެޗްގައި ބައްދަލު ކުރާނީ ގެރެވިއާއި ސީބީއެލްއެވެ.

ސަރުކާރު އޮފީސްތަކުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހު 27 ގައެވެ. އެމުބާރާތުގެ ގުރު ނެގުން ބާއްވަން ހަމަޖެހިފައިވަނީ ޖޫން 22 ވަނަ ދުވަހުއެވެ.

ކޮމްޕެނީ ތަކަށް ހުޅުވާލއިގެން ކުޅޭ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހު ފަސް ވަނަ ދުވަހުއެވެ. މިމުބާރާތުގައި މިފަހަރު ބައިވެރިވެފައިވަނީ 12 ޓީމެވެ.