ށ. އަތޮޅު ކައުންސިލްގެ މައްސަލައިގައި މިލަންދޫ ކޯޓުން ނެރުނު އަމުރާ މާލެ އަތޮޅު އަތޮޅު ކައުންސިލްގެ މައްސަލައިގައި ކ. މާފުށީ ކޯޓުން ނެރުނު އަމުރާއި ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. މި ދެ އަމުރު ބާތިލު ކުރީ އެއީ ވަގުތުން މަނާކުރަން ޖެހޭ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވާތީ ކަމަށެވެ.

ސުޕްރީމް އަމުރު ނެރުއްވައި އަންގާފައި ވަނީ މާފުށީ ކޯޓާއި މިލަންދޫ ކޯޓުގެ އަމުރު ބާތިލު ކަމަށާއި ބާތިލު ކުރަންޖެހެނީ އެއް މަރުހަލާއެއްގެ އެހެން ކޯޓަކުން ކުރާ ހުކުމެއްގެ ބާރު ކެނޑޭ ގޮތަށް ހަމަ އެ މަރުހަލާގެ އެހެން ކޯޓަކުން ހުކުމް ކުރަމުން ގެންދިއުމަކީ ގާނޫނު އަސާސީގެ ބާރު ކެނޑި ފިތުނަވެރިކަމެއް އާންމުވެދާނެ ކަމަކަށް ވާތީ ކަމަށެވެ. (ތަފުސީލު އަންނަނީ)