ސަން އަށް އެނގިފައިވާގޮތުގައި އެމަނިކުފާނު ޖަރުމަނަށް ވަޑައިގަތީ އަމިއްލަ ބޭނުންފުޅެއްގައެވެ.

ޗައިނާއަށް ރައީސް ޔާމީން ވަޑައިގަތީ އެ ގައުމުގެ ޔުނާން ޕްރޮވިންސްގެ ކުންމިން ސިޓީގައި ބޭއްވި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޮޒިޝަނާއި ކުންމިން އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެފެއާއަކީ ޗައިނާ އާއި ބޭރުގެ އެހެން ގައުމުތަކުގެ ވިޔަފާރި ކުންފުނިތަކާ ގުޅުން ބަދަހިކޮށް ނެޓްވޯކް ގާއިމް ކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ފެއާއެކެވެ.

ރައީސް ޔާމީން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި އެނގިފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް މިވަގުތު ހުންނެވީ ޖަރުމަންވިލާތުގައެވެ.