ރަމަޟާން މަހުގެ ފުރަތަމަ ދުވަހުންފެށިގެން އެ މަހުގެ ނިޔަލަށް މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކުގެ މުދާ އުފުލައި އަދި ބާލައި ހެދުމަށް އުޅަނދު ޕާކު ކުރުން މަނާކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރޯދަމަހުގެ ކޮންމެ ދުވެހެއްގެވެސް މެންދުރު 1:00 އިން ފެށިގެން އިރުއޮއްސި 6:30 ހާ ދެމެދު މަނާކޮށްފައިވާ މަގުތަކުގައި މުދާއުފުލާ އުޅަދާއި ބަރު އުޅަނދު ވެއްދުމާއި ޕާކު ކުރުމަކީ މަނާކަމެއް ކަމަށެވެ.

އަދި އެ މަގުތަކާއި ގޯޅިތަކުގައި މުދާ އުފުލާ ބޭލުމަކީވެސް މަނާކަމެއް ކަމަށް އިއުލާނުގައިވެ އެވެ.

އެގޮތުން މަނާކޮށްފައިވާ މަގުތަކަކީ:

  • ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ކައިރިން ފެށިގެން މީރު ބަހުރު ބަނދަރާއި ހަމައަށް.

  • މަސް މާރުކޭޓު ދެކުނުން އޮއްނަ ކަނޑި ދޮންމަނިކު ގޯޅި.
  • ހަވީރީ ހިނގުން ހުސޭނީ ގޯޅިން ފެށިގެން ކޯރު ކެނޑި ހިނގުމާއި ހަމައަށް.
  • މުހައްމަދު އިސްމާއިލް ދީދީ ގޯޅި.
  • މުހައްމަދު އިބްރާހިމް ދީދީ ގޯޅި.
  • ހުސޭނީ ގޯޅި.
  • ކެނދިމަސް ހިނގުން.
  • އާ ބުރުޒު ހިނގުން.
  • ފާރު ކެނޑި ހިނގުން.

ޓްރާންސް ޕޯޓް އޮތޯރިޓީން މަނާކޮށްފައިވާ އެ ގޯޅިތަކާއި މަގުތަކުގައި ރޯދަމަހު ބަރު އުޅަނދާއި، މުދާ އުފުލާ އުނޅަދު ވައްދައި ޕާކުކޮށް ހަދާ ފަރާތްތަށް 750 ރުފިޔާއިން ޖޫރި މަނާ ކުރެވޭނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.