02 Mar 2011, 19:47
ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްވި ޒުވާނަކަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނާތީ ތަފްސީލް ދެވެން ނެތް ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އަނިޔާވި ޒުވާނާ އަށް އިމަޖެންސީ ރޫމް ގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކައިރިން 18 އަހަރުގެ ފިރިހެން ކުއްޖަކަށް ހަމަލާދީފައިވަނީ ސައިކަލެއްގައިދިޔަ ގްރޫޕަކުންނެވެ. އަދި އެ ޒުވާނާގެ ބުރަކަށީގެ ހަ ތަނަކަށް ވަނީ ވަޅި ހަރާފައެވެ.