17 Jun 2015, 16:04
ކޮޕާއެމެރިކާ ކަޕްގެ ގުރޫޕް ބީގައި ކުޅުނު މެޗްގައި އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ ކަމިޔާބު ކުރި ލަނޑާއެކު މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އުރުގުއޭ މައްޗަށް އާޖެންޓީނާ ކާމިޔާބު ހޯދައިފި އެވެ.
ދެ ވަނަ ހާފުގެ 16 ވަަނަ މިނެޓްގައި މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ އަގުއޭރޯ ލަނޑު ކާމިޔަބު ކުރީ ޕަބްލޯ ޒަބަލޭޓާ ހުރަސްކުރި ބޯޅައިންނެވެ.
މިމެޗުން އާޖެންޓީނާ މޮޅުވުމުން ހަތަރު ޕޮއިންޓާއެކު އެޓިމް އޮތީ ތާވަލްގެ އެއް ވަނައިގައެވެ.

އާޖެންޓީނާ މެޗުން މޮޅުވުމުން އެޓީމް ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ/ އޭޕީ
އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅެ ވަނީ އެއްވަރުވެފައެވެ.
ޕެރަގުއޭއަށްވެސް ވަނީ މިއަދަދަށް ޕޮއިންޓް ލިބި ލަނޑުގެ ތަފާތުން އާޖެންޓީނާއާ އެއްވަރުވެފައެވެ.
ތިން ވަނައިގައި އުރުގުއޭ އޮތީ ތިން ޕޮއިންޓާއެކުއެވެ.
ރޭގެ މެޗްގައި އެއްވަރުކޮށްލުމުގެ ފުރުސަތު ޕެރަގުއޭގެ ޑިއޭގޯ ރޯލާންއަށް ލިބިގެންދިޔައެވެ. އަދި އެތުލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ގޯޑިންއަށްވެސް އެފަދަ ފުރުސަތެއް ލިބިގެން ދިޔައެވެ. ނަމަވަސް ގޯޑިންއަށް ލިބު ފުރުސަތަު އާޖެންޓީނާގެ ގޯލް ކީޕަރު ސާޖިއޯ ރޮމީރޯ ވަނީ ދިފާއުކޮށްފައެވެ.
މިގުރޫޕްގައި ޕެރަގުއޭވެސް ވަނީ ޖަމައިކާގެ މައްޗަށް 1-0 ގެ ނަތީޖައަކުން ކުރިހޯދާފައެވެ.
ގުރޫޕް އޭ ގައި މުބާރާތް ބާއްވާ ގައުމު ޗިލީ، މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ 3-3 ގެ ނަތީޖާއަކުންނެވެ.