17 Jun 2015, 12:17
ދިވެހިރާއްޖެއަކީ "ސުވަރުގެ"އެއްގެ ގޮތުގައި މަޝްހޫރު ހިޕްހޮޕް ލަވަކިޔުންތެރިޔާ ޕިޓްބުލް ސިފަކޮށްފި އެވެ.
ދުނިޔޭގެ މުއްސަނދި މަހުޖަނެއްގެ ޕްރައިވެޓް ޕާޓީއެއްގައި ބައިވެރިވުމަށް މިދިޔަ ހަފްތާގައި ރާއްޖެ އައި ޕިޓްބުލް ރާއްޖެއިން ފުރުމުގެ ކުރިންް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ރާއްޖެ އަކީ "ސުވަރު ގެއެއް" ކަމަށާއި ދުވަހަކު ވެސް ރާއްޖެ ހަނދާނުން ނައްތާނުލެވޭނެ ކަމަށެވެ. އަދި އިތުރު ދަތުރެއް ރާއްޖެއަށް ކުރާނެ ކަމަށް ޕިޓްބުލް ބުނެފައިވެ އެވެ.
ޕިޓްބުލްގެ ޓްވީޓުގައި އޭނާ ވަނީ ދިވެހި ބަހެއް ބޭނުންކޮށްފަ އެވެ. ހަތް ދުވަހުގެ ޗުއްޓީ ނިއްމާލަމުން ކުރި ޓްވީޓު ޕިޓްބުލް ވަނީ "ޝުކުރިއްޔާ" އޭ ބުނެފަ އެވެ. އަދި އަންނަ މަހު ރިލީޒްކުރާ އޭނާގެ ލަވަ އަލްބަމްގެ ނަން "ޑޭލް"ގެ ނަމް ހިމަނައި އަލްބަމް ޕްރޮމޯޓްކޮށްފައިވެ އެވެ.
The Maldives is heaven like, thank you Mr Smejc. The island was unforgettable look forward to the next trip ... Sucria, DALE!
— Pitbull (@pitbull)June 15, 2015
ވެލާގައި އޮތް ޕާޓީއަކަށް އޭނާ ރާއްޖެ އައި ނަމަވެސް ޕިޓްބުލް އަދި އެހެން ވެސް ތަރިންމަޑުކޮށްފައި ވަނީ ނ. އަތޮޅު ވެލާ ރިސޯޓް ކައިރީގައި އޮންނަ ރާއްޖޭގެ ހިތްގައިމު ފަސްތަރީގެ ރިސޯޓެއް ކަމުގައިވާ ޝެވެލް ބްލޮންކް ރަންދެލީގަ އެވެ.

ޕިޓްބުލް ރާއްޖޭގައި -- ސަން ފައިލް ފޮޓޯ
ވެލާގައި އޮންނަ އެ ޕާޓީގައި ބައިވެރިވުމަށް ޕިޓްބުލްގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ބައެއް ޑީޖޭއިންނާއި ބައެއް އެހެނިހެން އާޓިސްޓުން ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. އޭގެ ތެރޭގައި ޝަކީރާ އާއި "ގަންނަމް ސްޓައިލުން" ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލްކަން ހޯދި ދެކުނު ކޮރެއާގެ ރެޕާ ސައި ވެސްް ހިމެނެ އެވެ.