17 Jun 2015, 13:45
ވޮލީބޯލް އެސޯސިއޭޝަން ފިރިހެން ޑިވިޝަންގެ ފައިނަލް މެޗްގައި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން 3 ސެޓް 1 ސެޓުން ބަލިކޮށް ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓްގައި ރޭ ކުޅުނު ފައިނަލް މެޗް ފުރަތަމަ ސެޓް 29-27 ކާމިޔާބު ކުރި މޯލްޑިވިއަންއެވެ. މޯލްޑިވިއަންއިން މިސެޓް ކާމިޔާބު ކުރީ ތަފާތުބޮޑުކޮށް ޑީއެސްސީ މޮޅުވެފައި ވަނިކޮށެވެ.
ދެ ވަނަ ސެޓް ޑީއެސްސީ ކާމިޔާބު ކުރީ 25-19 އިންނެވެ. ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-16 އިންނެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޑްރީމް ޓީމް
- އަޙްމަދު ޢަބްދުލް ކަރީމް- ލޯންގޭ (ޑީއެސްސީ)
- އާދަމް ފައިރޫޒު (މޯލްޑިވިއަން)
- ޙުސައިން ޙުޝާމް (މޯލްޑިވިއަން)
- އިސްމާޢީލް ސާޖިދު- ކުޑައްޓޭ (މޯލްޑިވިއަން)
- މުޙައްމަދު ޝާހް (މޯލްޑިވިއަން)
- މުޙައްމަދު އަހްސަން (ޕޮލިސް ކުލަބު)
- މުޙައްމަދު ޝާއިން (ޕޮލިސް ކުލަބު)
ޑްރީމް ޓީމްގެ ކޯޗަކަށް ހޮވިފައިވަނީ ޑީއެސްސީގެ ކޯޗް ކުރީގެ ވީބީ ސްޕޯޓްސް ކުލަބުގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) އެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ކުލަބެވެ. އަންހެން ޑިވިޝަން ރަނަރަޕް ޓީމަކީވެސް މޯލްޑިވިއަން ސްޕޯޓްސްއެވެ. މިމަހު 9 ވަނަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗް ޕޮލިސް ކުލަބު ކާމިޔާބު ކުރީ 3 ސެޓް 1 ސެޓުންނެވެ.