މާލެ އާއި އަތޮޅުތަކުގެ ރަށްތަކުގައި ތަރާވީސް ނަމާދު އިމާމުވެ ކުރުމަށް 30 ހާފިޒުން އިސްލާމިކް ފައުންޑޭޝަން އޮފް ދި މޯލްޑިވްސް (އައިއެފްއެމް) އިން ރާއްޖެ ގެނެސްފި އެވެ.

އައިއެފްއެމް މެދުވެރިކޮށް ރާއްޖެ ގެނައި 30 ހާފިޡުންގެ ތެރެއިން ދެ ހާފިޡުން މާލޭގައި އަދި އެހެން ފަރާތްތަށް އަތޮޅުތަކުގެ އެކި ރަށްތަކުގައި އިމާމުވެ ތަރާވީސް ނަމާދު ކުރާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

އެގޮތުން އަތޮޅުތަކުގެ ރަށްތަކަށް ހާފިޒުން ފޮނުވާފައި ވަނީ ކައުންސިލު އިދާރާތަކުން ކުރިން އެދިފައިވާ ރަށްތަކަށް އިސްކަންދީގެން ކަމަށް އިސްލާމިކް ފައުންޑޭޝަނުން ވަނީ ބުނެފަ އެވެ.

އިންޑިއާ އަދި ޕާކިސްތާނުގެ އިތުރުން ސްރީލަންކާއިން ހާފިޡުން ރާއްޖެ އައިސްފައިވާއިރު އެ ފަރާތްތަކުގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ ރަށްރަށުގައި ނަމަ އެރަށެއްގެ ކައުންސިލް އިދާރާ އާއި ގުޅިގެން ކަމަށް އިސްލާމިކް ފައިންޑޭޝަނުން ބުންޏެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރު ވެސް އިސްލާމިކް ފައުންޑޭޝަނުން ވަނީ ބޭރުގެ ހާފިޡުން ރާއްޖެ ގެނެސްފަ އެވެ.