ފަސް އަހަރަށް ފަހުން ކާޖޮލް އާއި ޝާހުރުކްހާން އެކުގައި އަނެއްކާ ވެސް ފެނިގެންދާ "ދިލްވާލޭ" މި އަހަރުގެ ޑިސެމްބަރު މަހު އަޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޝާހުރުކްހާންގެ ރެޑްޗިލީ އެންޓަޓެއިންމަންޓާއި ރޯހިތް ޝެޓީ ޕްރޮޑަކްޝަނުން ގުޅިގެން މިއަހަރު އުފައްދަން ފަށައިފައިވާ "ދިލްވާލޭ" އަޅުވާގޮތަށް މިހާރު ހަމަޖައްސައިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ބަލްގޭރިއާގެ އިތުރުން ގޯއާ އާއި މުމްބާއީގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ގިނަ ބައެއްގެ ސަމާލުކަން މިހާތަނަށް ވެސް ހުއްޓިފައި އޮތް ފިލްމެކެވެ.

ޝާހުރުކްހާން އާއި ކާޖޮލް އެކުގައި ކުޅޭ "ދިލްވާލޭ" ގެ ޕޯސްޓަރެއް --

ޝާހުރުކް ހާން އާއި ކާޖޮލް ލީޑް ރޯލް ކުޅޭ މި ފިލްމަކީ ޗެންނާއީ އެކްސްޕްރެސްގެ ޑައިރެކްޓާ ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމްގައި ކާޖޮލް އާއި ޝާހުރުކްގެއިތުރުން ވަރުން ދަވަން އާއި ކީރުތީ ސަނަން ވެސް ފެނިގެންދާނެ އެވެ.

ކާޖޮލް އެންމެ ފަހުން ޝާހުރުކްހާން އާ އެކު 2010 ވަނަ އަހަރު ކުޅެފައިވާ ފިލްމް "މައިނޭމްއިޒްހާން" އަށް ފަހު އޭނާ ހުރީ ފިލްމީ ދާއިރާއިން ދުރުގަ އެވެ.