16 Jun 2015, 17:11
ކޮލަމްބިއާގެ ޕޮޕް ލަވަކިޔުންތެރިޔާ ޝަކީރާ ރާއްޖެ އަތުވެއްޖެ އެވެ.
ްސަން އަށް އެނގިފައިވާ ގޮތުގައި އޭނާ އައިސްފައިވަނީ، ނ. އަތޮޅު ވެލާ ރިސޯޓް ކައިރީގައި އޮންނަ ރާއްޖޭގެ ހިތްގައިމު ފަސްތަރީގެ ރިސޯޓެއް ކަމުގައިވާ ޝެވެލް ބްލޮންކް ރަންދެއްޔަށެވެ.
އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރު އީކޭ ފްލައިޓަކުންނެވެ. އޭނާއާ އެކު އޭނާގެ ފިރިމީހާ ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.
ޝަކީރާގެ އިތުރުން ހޮލީވުޑްގެ ހިޕްހޮޕް، ޕޮޕް އަދި ހައުސް ލަވަތަކަށް މަޝްހޫރު ލަވަކިޔުންތެރިއާ ޕިޓްބުލް އާއި ގަންނަމް ސްޓައިލުން ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލްކަން ހޯދި ދެކުނު ކޮރެއާގެ ރެޕާ ސައި ވެސް ވަނީ މިދިޔަ ހަފްތާގައި ރާއްޖެ އައިސްފަ އެވެ.

ޕިޓްބުލް މިދިޔަ ހަފްތާގައި ރާއްޖެ އައިސް އެއާޕޯޓްގައި -- ފޮޓޯ ސަންގެ ކިޔުންތެރިއެއް
އެނގިފައިވާ ގޮތުގައި ހޮޮލީވުޑްގެ މަޝްހޫރުތަރިންތަކެއް ރާއްޖެ އަންނަމުން މިދަނީ ނ. އަތޮޅު ވެލާގައި ދުނިޔޭގެ މަހުޖަނަކު ބާއްވާ ޕްރައިވެޓް ޕާޓީއެއްގައި ބައިވެރިވުމަށެވެ.
މީގެއިތުރުން ހޮލީވުޑްގެ މަޝްހޫރު ބައެއް ޑީޖޭއިންނާއި ބައެއް އެހެނިހެން އާޓިސްޓުން ވެސް އެޕާޓީގައި ބައިވެރިވުމަށް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.