ދިރާގު ރޯދަ ހަދިޔާގެ ނަމުގައި އަންނަ ރަމަޟާން މަހު ކޮންމެ ކަސްޓަމަރަކަށް ވެސް 'ރޯދަ ހަދިޔާ' ދޭ ގޮތަށް ދިރާގުން ނިންމައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން ވިދާޅުވީ އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ދިިރާގުން ދެނީ ހަގީގީ ހަދިޔާ ކަަމަށް މިރުޝާ ވިދާޅުވިއެވެ.

"އެހެން އަހަރު ތަކުގަ ރޯދަ މަހާއި ދިމާކޮށް ޕްރޮމޯޝަން ގޮތުގައި ހިންގާފައި ވަނީ އެހެންނަމަވެސް މިފަހަރު ދިރާގުން މި ހިންގަނީ ޕްރޮމޯޝަނެއް ނޫން،" ކަމަށް މިރުޝާން ވިދާޅުވިއެވެ. އަދި މިފަހަރު ދިރާގުން ބެލީ ކޮންމެ ކަސްޓަމަރަކަށް ވެސް ލިބޭނެ ފަދަ ހަދިޔާއެއް ދިނުމަށް ކަަމަށް މިރުޝާން ވިދާޅުވިއެވެ.

ހުކުރު ދުވަސް ހިލޭ

ދިރާގުގެ ހަދިޔާތަކުގެ ތެރޭގައި ކޮންމެ ޕޯސްޓްޕެއިޑް ކަސްޓަމަރަކަށް ކޮންމެ ހުކުރު ދުވަހަކު މުޅިން ހިލޭ ގުޅޭނެ ކަމަށް މިރުޝާން ވިދާޅުވި އެވެ. މިއީ ފްރީ ފްރައިޑީ ނަމުގައި ދޭ ހަދިޔާ އެއް ކަމަަށް ދިރާގުން ބުންޏެވެ.

މި ހިދުމަތް ލިބިގަތުމަށްޓަަކައި އެފްއެފް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ކުުރުމުން ރޯދަ މަހުގެ ހުރިހާ ހުކުރު ދުވަހެއްގައި ހިލޭ ގުޅޭނެ ކަމަށް މިރުޝާން ވިދާޅުވިއެވެ. ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު 50 ރުފިޔާ ޚަރަދުކުރާ ކަސްޓަމަރަކަށް ކޮންމެ ހުކުރު ދުވަހަކު ހިލޭ ގުޅޭނެ ކަަމަށް ދިރާގުން ބުނެ އެވެ.

ފަންސާސް ޕަސެންޓް ޑާޓާ

ދިރާގުގެ މޮބައިލް އަދި އޭޑީއެސްއެލް ކަސްޓަމަރުންނަށް ފަންސާސް ޕަސެންޓް ޑާޓާ ހިލޭ ދޭނެ ކަމަށް މިރުޝާން ވިދާޅުވިއެވެ. އެގޮތުން ޕްރިޕެއިޑް ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރަކު ނަގާފައިވާ ޕްލޭންގަ ލިބޭ ޑާޓާ އެލަވެންސްގެ އިތުރުން 50 ޕަސެންޓް ހިލޭ ދޭނެ ކަަމަށް ދިރާގުން ބުނެއެވެ. އަދި ޑާޓާ އެޑްއޮންސް އެކްޓިވޭޓް ކުރާ ފަރާތްތަކާއި ޑާޓާ އަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް 50 ޕަސެންޓް ހިލޭ ދޭނެ ކަަމަށް ދިރާގުން ބުނެއެވެ. އޭޑިއެސްއެލް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަަކަށް ވެސް ނަގާފައިވާ ޕެކޭޖްގެ 50 ޕަސެންޓް އިތުރަށް ހިލޭ ދޭނެ ކަަމަށް ދިރާގުން ބުނެއެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު 25 ޕަސެންޓް އަދި ޖުލައި އެއް ވަނަ ދުވަހު އަނެއް 25 ޕަސެންޓް ދޭނެ ކަަމަށް ދިރާގުން ބުނެއެވެ.

ފަންސާސް ފަސް އިންޗީގެ ސްމާޓް ޓީވީއެއް

ދިރާގުގެ ކަސްްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ހަފްތާއަކު ވެސް 55 އިންޗީގެ ސެމްސަން ކާވްޑް ތްރީޑީ ފުލް އެޗްޑީ ޓީވީ އެއް ލިބޭނެ ކަަމަށް މިރުޝާން ވިދާޅުވިއެވެ. ދިރާގުގެ ކޮންމެ ހިދުމަތެއް ބޭނުން ކުރިއަސް އެ ކަސްޓަމަރަކު އެ ލަކީޑްރޯގައި އޮޓެމެޓިކުން ބައިވެރިވާނެ ކަަމަށް ވެސް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން މިއަހަރުވެސް ޕްރެޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަަމަށް ދިރާގުން ބުނެއެވެ. އަދި ޕްރެޔާ އެލާޓް ހިދުމަތް ވެސް ހިލޭދޭނެ ކަމަށް ދިރާގުން ބުނެއެވެ.