މެސަޑޯނިއާގެ ސެންޓްރަލް ޑިފެންޑަރެއް ކަމުގައިވާ ޓޯނީ ޑެޒޯންގްރޯވްސްކީ މާޒިޔާއަށް ގެނެސްފި އެވެ.

ޓޯނީއަކީ މެސަޑޯނިއަގެ ދެ ވަނަ ޑިވީޝަނަށް ކުޅެފައިވަ ކުޅުންތެރިޔެކެވެ.

އެކަމާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ދެ ދުވަސް މަތިން މާޒިޔާއަށް ގުޅުމުން އެ ޓީމްގެ އޮފީޝަލުންގެ ފަރަތުން ވަނީ އެއްވެސް މައުލޫމަތެއް ލިބޭގޮތް ނުވެފަ އެވެ.

މާޒިޔާއަށް ސެންޓްރަލެއް ޑިފެންޑަރެއް ގެނެސްފައިވާއިރު އެޓީމަށް މި ސީޒަނަށް ގެނައި ބިދޭސީ ކުޅުންތެރިން ދަނީ މޮޅު ކުޅުމެއް ދައްކަމުނެނެވެ.

ހާއްސަކޮށް އެ ޓީމް ގެސްޕެއިންގެ ފޯވަޑް ޕަބެލޯ ރޮޑްރިގޭޒް ދަނީ މޮޅު ޚުޅުމެއް ދައްކަމުންނެވެ. ނަމަވެސް އޭއެފްސީ ކަޕްގައި ގުރޫޕް ސްޓޭޖުގައި މާލޭގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗްގައި އޭނާއަށް ކުރިމަތިވި އަނިޔާއަށްފަހު އޭގެ ފަހުން ކުޅުނު ދެ މެޗުން ފެނިފައެއް ނުވެއެވެ.