16 Jun 2015, 11:19
މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކްރިމިނަލް ކޯޓު ރިސެސްއަށް ގޮސްފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ކޯޓުގެ ރިސެސްގެ ތެރޭގައި ކޯޓުން މައްސަލަތައް ބެލުން މަދުވާނެ ކަމަށެވެ.
ނަމަވެސް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމާއި އިދާރީ ކަންކަން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މަނިކު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓިގައި ދައުވާ އުފުލުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ޕްރޮސިކިއުޓާ ޖެނެރަލަށެވެ.