16 Jun 2015, 11:19
މއ. ޒީފިޔާޒްގައި ހަށިވިއްކުމުގެ ޢަމަލު ހިންގައި އެ ވިޔަފާރި ކުރަމުންދިޔަ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު ރޭ 20:00 ކަންހާއިރު ފުލުހުން އެގެއަށް ވަންއިރު ހަށިވިއްކުމުގެ އަމަލު ހިންގަމުންދިޔަ ބަންގުލަދޭޝްގެ އަންހެނަކާއި ބަންގުލަދޭޝްގެ ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރުކޮށް ފުލުހުން އެގޭގެ ކޮޓަރި ބަލައި ފާސްކުރިއިރު އެ ކޮޓަރިތެރެއިން ދިވެހި ފައިސާ އާއި ބޭރު ފައިސާ އާއި ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ ބައެއް ތަކެތިވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މީގެ ހަފްތާއެއް ކުރިން މާލޭގެ ގެއެއްގައި ހަށިވިއްކަން ތިބި ކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އެއް ދިވެއްސަކު ހިމެނެއެވެ.