16 Jun 2015, 12:28
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލުމުން އެކަމަށް އެދި 17 ފަރާތަކުން ކުރިމަތިލައިފި އެވެ.
އާންމުންގެ ފަރާތުން އެލްޖީއޭގެ ބޯޑަށް ހޮއްވަވާފައިވާ ފޮނުއްވެވި ސުޖާއު ހުސައިންގެ އެ މަގާމުން ވަކިކުރުމާ ގުޅިގެން، އެ މަގާމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލީ މިދިޔަ މެއި މަހުގެ 19 ގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެލްޖީއޭ ބޯޑަށް ކުރިމަތިލެއްވި 17 ފަރާތެއްގެ ނަން މަޖިލީހަށް އިއްވާފައި އެވެ. އަދި ނަންތައް އިއްވުމަށްފަހު އެ ނަންތައް ދިރާސާ ކުރުމަށް ގައުމީ ސަލާމަތު ކޮމިޓީ އަށް މިއަދު ވަނީ ފޮނުވާފައި އެވެ.
އެލްޖީއޭގެ މެމްބަރު ކަމަށް ކުރިމަތިލުމަށް މަޖިލީހުގެ އިދާރާއިން އިއުލާނު ކޮށްފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
އެލްޖީއޭގެ ބޯޑަށް ކުރިމަތިލާފައިވާ 17 ފަރާތަކީ
އަހުމަދު އަބޫބަކުރު / ދަފުތަރު ނަންބަރު 698
- އަބްދުލް ލަތީފު އަހުމަދު / ދަފުތަރު ނަންބަރު 2345
- އަލީ ފާރިޝު /މ. ހަވީރީ ފިނި
- ފާތިމަތު ޝަމްނާޒު އަލީ ސަލީ / ހ. މެލްބަން
- އަބްދުﷲ މުނާޒު / ހ. އިވްނިންގ ފުލާވާ
- އަހުމަދު ރަޝީދު / މ.ނިޔަމި
- އާއިޝަތު ހުސައިން މަނިކު / ހ. ރީނދޫ ކޮކާގެ
- އަހުމަދު ސައީދު / ޏ. ފުވައްމުލަކު، ރަންދޯރު
- އަހުމަދު ޝަފީގު / ގދ. ހޯޑެއްދޫ، ފޭރުމާގެ
- ސަފާ އަހުމަދު / ވ. ސަނާ މަންޒިލް
- އަހުމަދު ބަދީއު / ރ. މާކުރަތު، ބުލްބުލާގެ
- މުހައްމަދު އިލްހާމް / ދަފުތަރު ނަންބަރު: 9515
- މުހައްމަދު އަހުމަދުފުޅު / ލ. ހިންނަވަރު، ބުރައިމާގެ
- އަހުމަދު ހަސަން / ސ. ހިތަދޫ، ފަރުދާ ބަގީޗާގެ
- އައިމިނަތު ހުދާ / މއ. ދިލްކޮށާގެ
- މުހައްމަދު ޖިނާހު އިބުރާހިމު / މއ. ސިލްވާ ސީން
- އަބްދުލް ހަސީން އިސްމާއީލް / ދަފުތަރު ނަންބަރު: 7505
އެ މަގާމު ހުސްވެފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ސުޖާއު ހުސައިންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި ނެގުމާ ގުޅިގެންނެވެ.