ރޯދަ މަހުގެ އެލަވަންސްގެ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންނަށް ދޭން ޖެހޭ 3000 ރުފިޔާ މާދަމާގެ ނިޔަލަށް ދީ ނިންމެމުމަށް ފިނޭންސް މިނިސްޓުރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ މާދަމާއަކީ ދައުލަތުގެ މުއައްޒަފުންނަށް ދޭން ޖެހޭ އިނާއަތް ދޭން ޖެހޭ އެންމެ ފަހުގެ ތާރީހު ކަމަށެވެ.

މަޖިލީހުން މިފަހަރު ފާސްކޮށްފައި ވަނީ ރޯދަ އިނާއަތް ހަމަހަމަ ކުރުމުގެ ގޮތުން ކޮންމެ މުއައްޒަފަކަށް 3000 ރުފިޔާ ދިނުމަށެވެ.

ސާކިއުލާގައި ބުނެފައި ވަނީ ގާނޫނުގައި ބުނާ ގޮތަށް އިނާޔަތުގެ ފައިސާ ދޭ ފަހުން ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް އެ މީހަކު ވަޒީފާއިން ވަކިވެއްޖެނަމަ ވަކިވި ދުވަހާއި ހަމައަށް ފިޔަވައި ދެން ހުރި އަނެއް ބައި އެ މީހެއްގެ އަތުން ހޯދައި އަނބުރާ ޖަމާކުރަން ވެސް ފިނޭންސުން ވަނީ އަންގާފަ އެވެ.

ވަޒީފާއާ ރޯދަ މަހު ގުޅޭ މުވައްޒިފެއް ނަމަ އެމީހާ މަސައްކަތްކުރާ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށްޖެހޭ ވަރެއްބަލައި އިނާޔަތުގެ ގޮތުގައި އެ އަދަދަށް ފައިސާ ދިނުމަށް ވެސް އަންގާފައި ވެއެވެ.