އަންނަ ރަމަޟާން މަހުގެ ރަސްމީ ގަޑީގައި ބޭންކު އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކާއި އެލައިޑް އިންޝުއަރެންސުން ޒަކާތް ބަލައިގަންނާނެ ކަަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވެއްޖެ އެވެ.

"ޒަކާތަށް ފައިސާ ޖަމާކުރާ ވަކިއެކައުންޓެއް އޮންނާނެ. އެ އެކައުންޓަށް ފައިސާ ޖަމާކުރަން ޖެހޭނީ،" އިބްރާހިމް އަހުމަދު ވިދާޅުވި އެވެ.

ޒަކާތު ފައިސާ ޖަމާކުރުމަށް ވަކި އެކައުންޓެއް ކަނޑައަޅާނެ ކަަމަށް އިސްލާމިން މިނިސްޓްރީން ބުންޏެވެ.

ޒަކާތް ދައްކަންޖެހޭ މިންވަރު

އާދައިގެ ހަނޑޫނަމަ މީހަކަށް 12 ރުފިޔާ

ތައިލެންޑް ހަނޑޫނަަމަ މީހަކަށް 50 ރުފިޔާ

ބާސްމަތީ ހަނޑޫ ނަމަަ 75 ރުފިޔާ

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް އަހުމަދު ވިދާޅުވީ މިއަހަރު ވެސް ދިރާގާއި އުރީދޫ މެދުވެރިކޮށް އެސްއެމްއެސް ކޮށްގެން ޒަކާތް ދެއްކޭނެ ކަމަށެވެ.

ޒަކާތު ފައިސާ ދޫކުރަން ނިންމާފައި ވަނީ ރޯދަ މަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވެހު އެވެ.

މި އަހަރު ފަގީރުންގެ ގޮތުގައި ނަންނޯޓް ކުރުމަށް މި މަހުގެ 25 އިން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

މިދިޔަ އަހަރުގެ މުދަލު ޒަކާތުން ފަގީރުންނާއި މިސްކީނުންނަށް ބަހަން ނިންމާފައިވާ ބައިން ފަގީރުންގެ ގޮތުގައި ސިޓީ ކައުލްސިލްގައި ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް ފައިސާ ދޫކުރާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓުރީން ކަމަށް ވެސް އެ މިނިސްޓުރީން ބުންޏެވެ.