ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ރޯދަ މަހު ބަންދު ކުރާ ގަޑި ދަންވަރު 2:00 އަށް އަދި ފިހާތައް ބަންދުކުރާ ގަޑި ރޭގަނޑު 11:00 އަށް ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓުރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސައިހޮޓާ ރެސްޓޯރެންޓް ހިންގުމުގެ ގަވައިދާއި ކެންޓީނު ހިންގުމުގެ ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ތަންތަން ރޯދަ މަހު ދަންވަރު 2:00 އަށް ހިދުމަތް ދިނުމަށް ހުއްދަދީފައިވާ ކަމަށެވެ.

އެގޮތަށް ހުއްދަ ދޫކޮށްފައި ވަނީ އެފަދަ ތަންތަނުން ހާރުކާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

މީގެ ކުރިން ވެސް ރޯދަ މަސްތަކުގައި ވަނީ ދަންވަރު 2:00 އަށް ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ދީފަ އެވެ.

ރޯދަ މަހުން ފެށިގެން އިމްޕޯޓް މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 11:00 އެވެ. އާންމު ގަޑިޔަކީ 10:00 އެވެ.

މީގެ ކުރިން އާންމުކޮށް ދަންވަރު 1:00 އަށް ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓި ނަމަވެސް މިހާރު އެފަދަ ތަންތަން ދަންވަރު 12:00 ގައި ބަންދުކުރަންޖެހެއެވެ.