15 Jun 2015, 13:33
ހޮންކޮންގްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ފުޓްބޯޅަ ކުޅުންތެރިޔާ ވޫ ކްވާކް ހުންގް ކަރުގެ ކެންސަރު ބަލީގައި ރޭ ދަންވަރު މަރުވެއްޖެ އެވެ.
ކުލަބާއި ގައުމީ ޓީމްގައި އޭނާ އަދާކޮށްފައިވާ ދައުރުން ފުޓްބޯޅައިގެ ދަނޑުގައި އޭނާ މަޝްހުރު ވެފައިވަނީ 'ބިގް ހެޑް ބޯއީ'ގެ ނަމުންނެވެ.
އެޓޭކިންގް މިޑްފީލްޑަރަކަށް ކުޅެފައިވާ ވޫ ކްވާކްއަކީ 1970 ވަނަ އަހަރާއި 1980 ވަނަ އަހަރާއި ދެމެދު ހޮންކޮންގްގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.
އޭނާ ފުތްބޯޅަ ކުޅުން ހުއްޓާލީ 1986 ވަނަ އަހަރުއެވެ. އެއީ އޭރު އޭނަ ކުޅެމުންދިޔަ ކުލަބު ސެއިކޯ ފުޓްބޯޅައިގެ ހަރަކާތްތަކުން މަނާ ކުރުމުންނެވެ.
ވޫ ކްވާކް އާއެއްކޮށް ކުޅެ ފަހުން އޭނާއަށް ކޯޗަކަން ކޮށްދީފައިވާ ހޮންކޮންގ ގައުމީ ޓީމްގެ ކުރީގެ ކޯޗް ކޮވަކް ކަމިންގ ވޫ ކްވާކް ބެހޭ ގޮތުން ބުނެފައި ވަނީ އޭނާއަކި ހޮންކޮންގްގެ ފުޓްބޯޅައިގެ ހަޔާތުގައި ދެކެފައިވާ ފުޓްބޯޅައިގެ ލެޖެންޑެއް ކަމަށެވެ.
ކްވާކް ވަނީސެއިކޯއަށް ނުވަ ފަހަރަށް ހޮންކޮންގްގެ ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭގެތެރޭގައި 1979 ން 1985 ވަނަ އަހަރު ޖެހިޖެހިގެން ޖެހިޖެހިގެން ހަތް އަހަރު ވަންދެން ސެއިކޯއަށް ހޮންގޮ ލީގް ހޯދައިދީފައިވެ އެވެ. ސެއިކޯ ހޯދި މިކާމިޔަބު އަދި މިހާތަނަށް އެއްވެސް ޓީމަކަށް މުގުރާލެވިފައެއް ނުވެ އެވެ.
މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޮޅްޑްކަޕަށް ހޮންކޮންގް ކޮލިފައި ނުވީ ހަނި ފުރުސަތެއް ގެއްލުމުންނެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗްގައި ޗައިނާއާ ދެކޮޅަށް އެގައުމުގެ ވެރިރަށް ބޭޖިންންގެ ވޯކާސް ސްޓޭޑިއަމްގައި ކުޅުނު މެޗުން 2-1 ނަތީޖާއަކުން މޮޅުވި މެޗްގައި ހޮންކޮންގްގެ ދެ ލަނޑު ޖެހީވެސް ވޫކްވާކްއެވެ. ނަމަވެސް ހޮންކޮންގް ކޮލިފައިނުވީ އެމެޗްގައި ޗައިނާ ލަނޑެއް ޖެހުމުން ލަނޑުގެ ތަފާތުންނެވެ.

ސީނިއާ ޝީލްޑް ސެއިކޯގެ އޭރުގެ ކްޕޓަން ވޫ ކްވާކް އަށް ހޮންކޮނގް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ހެންރީ ފޮކް ޔުންގް ޓްުންގް އަތުން އެވާޑައިހަވަލުވަނީ --- ޕޮޓޯ/ އެސްސީއެމްޕީ
ވޫ ކްވާކް ވަނީ ހޮންކޮންގްގެ ގައުމީ ޓީމާއި ސެއިކޯގެ ކެޕްތަންކަން ވެސް ކޮށްފަ އެވެ.
ވޫ ކްވާކް މަރުވި އިރު އޭނަގެ އުމުރަކީ 66 އަހަރެވެ.
މިދިޔަ އަހަރުން ސުރެ އޭނާ ގެންދެވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. ކްވާކް މަރުވީ ހޮންކޮންގްގެ އެސްޓަން ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.