15 Jun 2015, 13:28
އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ގުރޫޕް އީ ގައި ސޮލެވޭނިއާ އިންގްލެންޑް ބައްދަލު ކުރި މެޗްގައި އެންމެ ފަހު ވަގުތު ކެޕްޓަން ވޭން ރޫނީ ކާމިޔަބުކޮށްދިން ލަނޑުން އިންގްލެންޑުން 3-2 ގެ ނަތީޖާއަކުން އިންގުލެންޑް މޮޅުވެއްޖެ އެވެ.
މި މެޗްގައި އާސެނަލްގެ ޖެކް ވިލެޝެއާ ވަނީ އިންގުލެންޑަށް ދެ ލަނޑު ޖަހައިދީފަ އެވެ.
ސޮލެވޭނިއާގެ ލުބުލުއާނާގައި ހުންނަ ސްޓަޒައިސް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ފުރަތަމަ ލިޑް ނެގީވެސް ސޮލަވޭނިއާއިންނެވެ. މެޗްގެ 37 ވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިލިވޮޖެ ނޮވަކޮވިޗްއެވެ.
އިންގުލެންޑް އެއްވަރު ކުރި ލަނޑު ކާމިޔާބުކުރީ މެޗްގެ 57 ވަނަ މިނެޓްގައެވެ. އިބުލެންޑަށް ލީޑް ނަގައިދިން ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވިލްޝެއާއެވެ.
މިމެޗަކީ އުމުރުން 23 އަހަރުގެ ވިލްޝެއާ އިންގުލެންޑް ގައުމީ ޓީމްގައި ލަނޑު ޖެހި ފުަރަތަމަ މެޗްވެ.

ވިލްޝެއާ ލަނޑު ޖެހުަމށްފަހު އުފާ ކުރަނީ: ރޭގެ މެޗަކީ އޭނާ އިންގުލޭންޑްގެ ގައުމީ ޓީމަށް ލަނޑު ކާމިޮޔަބުކޮށްދިން ފުރަތަމަ މެޗެ --- ފޮޓޯ/ ޓްވިޓާ
ސޮލޮވޭނިއާއިން ނަތިޖާ ހަމަހަމަ ކުރީ މެޗްގެ 84 ވަނަ މިނެޓްގައި ނެކް ޕެކްނިކްއެވެ.
ސޮލޮވޭނިއާ ނަތީޖާ ހަމަހަމަ ކުރިތާ ދެ މިނެޓްފަހުން އިންގްލެންޑްގެ މެޗުން މޮޅުވި ލަނޑު ކާމިޔާބު ކުރީ 86 ވަނަ މިނެޓްގައެވެ.
މީގެ ކުރިން މިދެޓީމް ކުޅުނު ފުރަތަމަ ލެގް މެޗް އިންގްލެންޑް ކާމިޔާބު ކުރީ 3-1 ގެ ނާތީޖާއަކުންނެވެ.
މިގުރޫޕްގައި ރޭ ކުޅެވުނު އެހެން މެޗްތަކުގައި ލިތުއޭނީއަގެ މައްޗަށް ސްވިޒަލޭންޑް ވަނީ 2-1 ނާތިޖާއަކުން މޮޅުވެފައެވެ. ސެންމެރީނޯގެ މައްޗަށް 2-0 ގެ ނަތީޖައަކުން އެސްޓޯނިއާ ވަނީ މޮޅުވެފައެވެ.
ރޭގެ ނަތީޖާއާއެކު ކުޅުނު ހަ މެޗުންވެސް މޮޅުވެ އިނގްލެންޑް އޮތީ 18 ޕޮއިންޓާއެކު ތަވަލްގެ އެއްވަނައިގައެވެ. ހަ މެޗް ކުޅެ ހަތަރު މެޗުން މޮޅުވެ ތާވަލްގެ ދެ ވަނައިގައި 12 ޕޮއިންތާއެކު އޮތީ ސްވިޒަލޭންޑެވެ. ތިން ވަނައިގައި ނުވަ ޕޮއިންޓާއެކު ސޮލޮވޭނިއާ އެވެ.
ރޫނީ ކާމިޔަބުކުރި މިލަނޑާއެކު އޭނާ ވެފައި ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް ދެ ވަނައަށް އެންމެ ގިނައިން ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ 105 މެޗްގައި އިންގްލެންޑަށް 48 ލަނޑު ކާމިޔާބުކޮށްފައެވެ. ގެރީ ލިންކާ ވެސް ވަނީ މިއަދަދަށް ލަނޑު ޖަހާފަ އެވެ. ނަމަވެސް އޭނާ 48 ލަނޑު ޖަހާފައި ވަނީ 80 މެޗްގައެވެ.

ރޭގެ މެޗްގައި ރޫނީ ލަނޑު ޖެހުމަށްފަހު އުފާކުރަނީ: އޭނާ އަކީ އިނގިރޭސި ގައުމީ ޓީމަށް ދެ ވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ --- ފޮޓޯ/ އޭޕީ
އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދާފައިވާ ބޮބީ ޗާލްޓަންގެ ރެކޯޑް މުގުރާލުމަށް ރޫނީއަށް ބޭނުންވަނީ ދެ ލަނޑެވެ. ޗާލްޓަން ވަނީ 106 މެޗުން 49 ލަނޑު ޖަހާފަ އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރޫނީ ބުނީ ޓީމު މޮޅުވުމަށް އޭނާ ޖެހި ލަނޑަކީ މުހިންމު ލަނޑެއް ކަމަށާއި ނަމަވެސް އެއީ މެޗުން މޮޅުވުވީ މުޅި ޓީމްގެ މަސައްކަތުން ކަމަށެވެ.